English Edition
Dhivehi Edition

ބޮލީވުޑްގެ ބަތަލް ސުޝާންތު ސިންގް ރާޖްޕުތްގެ ޖަނާޒާ ކުރިޔަށްދަނިކޮށް އޭނާގެ ފަހަރި މަރުވެއްޖެ އެވެ.

ސުޝާންތުގެ ދެބެއިންގެ ދަރި މީހަކާއި ކައިވެނިކޮށްގެން އުޅޭ ސުދާ ދޭވީ މަރުވެފައި ވަނީ ސުޝާންތުގެ ޖަނާޒާ މުމްބާއީގައި ކުރިޔަށް ދަނިކޮށް، އިއްޔެ ބިހާރު ސްޓޭޓުގައި ކަމަށް އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތްތަކުންވަނީ ބުނެފައެވެ، ސުޝާންތްގެ މަރާއެކު ގިނަ ބަޔަކަށް ކުއްލި ހައިރާންކަމެއް ލިބިފައިވާއިރު އޭނާ މަރުވި ފަހުން ސުދާ އެއްވެސް ވަރަކަށް ކައިބޮއެ ނަހަދާކަމަށާއި ސުދާ މަރުވެފައި ވަނީ ސުޝާންތުގެ ކުއްލި މަރާއި ގުޅިގެން ވަރަށް ބޮޑަށް ހިތާމަ ކުރަމުން ދަނިކޮށް ހާޓްއެޓޭކެއް ޖެހިގެންކަމަށް ނޫސްތަކުންވަނީ ބުނެފައެވެ.

2008 ވަނަ އަހަރުގެ ހިންދީ ޓީވީ ސީރީޒް ‘ޕަވިތްރާ ރިޝްތާ’ އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ސުޝާންތް ސިންހް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އާދީއްތަ ދުވަހު މުމްބާއީގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓު ތެރެއިންނެވެ. އުމުރުން 34 އަހަރުގެ ސުޝާންތް ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު އިރު އޭނާގެ މަރުގައި ތަހުގީގު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށާއި އޭނާ މަރުވާން ދިމާވި އަސްލު ސަބަބުވެސް އަދި ހޯދިފައިނުވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ސުޝާންތްގެ ކުރީގެ މެނޭޖަރ ދިޝާ ސަލިއަންވެސް, މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަމިއްލައަށް މަރުވެފައިވާއިރު ގިނަ ބަޔަކުވަނީ ސުޝާންތް އަމިއްލައަށް މަރުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެފައެވެ