English Edition
Dhivehi Edition

ރީތިކަމަށާއި އެކްޓުކުރުމަށް މޮޅު ތަރިއެއްގެ ގޮތުން ފާހަގަ ކުރެވޭ ބޮލީވުޑްގެ ތަރި ސުޝާންތް ސިންގް ރާޖްޕުޓް މިއަދު އަމިއްލައަށް މަރުވި ހަބަރާއި އެކު ބޮލީވުޑަށް އައީ ކަޅު ދުވަހެކެވެ. ހަމަ އެފަދައިން އޭނަގެ ފޭނުން ގެ އިތުރުން ދިވެހިރާއްޖޭގެ އޭނައަށް ތާއީދު ކުރާ ފޭނުންނަށް ވެސް ލިބުނީ ބޮޑު ޝޮކެކެވެ.

އުމުރުން 34އަހަރުގެ ސުޝާންތް މިއަދު އަމިއްލައަށް ދަންޖެހިގެން މަރުވެފައިވާ ކަން އެކި މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ސުޝާންތް މަރުވި އިރު އޭނަ ދިރިއުޅެމުން އައީ 4.5 ކުރޯޑް ރުޕީސްއަށް ހިފާފައިވާ ގެއެއްގައެވެ. އެގޭގައި ސުޝާންތް ގެ އިތުރުން އޭނާގެ މުވައްޒަފުން އުޅެއެވެ. ސުޝާންތު މަރުވިކަން އެނގުނީ ހެނދުނު އޭނަ އުޅޭ ކޮޓަރިން ނުނިކުންނާތީ މަސައްކަތު މީހާ ޑަބަލްކީ ހައްދައިގެން ކޮޓަރިއަށް ވަދެ ބެލުމުންނެވެ. އޭނަ މަރުވުމުގެ ކުރިން ގާތް ރަހުމަތްތެރިއަކަށް އަދި އޭނަގެ ދައްތައަށް ފޯނުން ގުޅާފައި ވާކަމަށް ތަހުގީގަށް މިހާތަނަށް އެނގިފައި ވެއެވެ. ހަބަރުތައް ބުނާގޮތުގައި އޭނަ މަރުވެފައިވަނީ ފަންކާގައި ވާގަނޑެއް އައްސައިގެން ދަންޖެހިގެންނެވެ.

ސުޝާންތު މަރުވެފައި އޮތްވާ ފެނުމުން އޭނަގެ އެއްބަނޑު އެއްބަފާ ބޭބެ ދަނީ އެއީ ސުއިސައިޑެއް ނޫންކަމަށާއި ބަޔަކު އޭނަ މަރާލީ ކަމަށް ތުހުމަތުކޮށް މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް އެދެމުންނެވެ.

ސުޝަންތުގެ މަރާބެހޭ ގޮތުން ފުލުހުން ބުނީ، އޭނަ ދިރިއުޅޭ ގެއިން ސުއިސައިޑް ނޯޓެއް ފެނިފައި ނުވާކަމަށާއި ނަމަވެސް މީގެ ހަމަސް ކުރިން ފެށިގެން އޭނަ ޑިޕްރެޝަން އަށް ނަގަމުން އައި ބޭސްތަކާއި އޭގެ ބޭސްސިޓީ ފެނިފައިވާ ކަމަށެވެ. ސުޝާންތުގެ ޕޯސްޓް މޯޓަމް ހެދުމުގެ ކުރިން ކޮވިޑް19 އަށް ޓެސްޓު ކޮށް ޕޮޒިޓިވް ވެފައިވާނަމަ އިތުރަށް ޕޯސްޓްމޯޓަމް ކުރިއަށް ނުގެންދާނެކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނަގެ ޕޯސްޓްމޯޓަމަށް 2.5 ގަޑި އިރުނަގާނެ ކަމަށާއި މަރާއި ބެހޭ އިތުރު ތަފްސީލު ހާމަކުރާނީ ތަހުގީގަށް ފަހުގައި ކަމަށެވެ.

ސުޝަންތްގެ މަރާއެކު އޭނަގެ ބައްޕަ ހަބަރުހުސްވެގެން ވެއްޓުނެވެ. އޭނަގެ މުޅި އާއިލާގެ އިތުރުން ބޮލީވުޑް އަދި ފޭނުން އަދިވެސް ދަނީ އޭނަ މަރުވެފައިވާ ކަމަށް ގަބޫލު ނުކުރާކަމަށް ބުނެ އަޑު އުފުލަމުންނެވެ.

ސުޝާންތް ފުރަތަަމަ ފެނިގެން ގޮސްފައި ވަނީ ޑްރާމާ ކިސް ދޭޝް މެހޭ މޭރާ ދިލް އަދި ޕަވިތްރާ ރިޝްތާއިންނެވެ. އޭނާ ފުރަތަމަ ކުޅުނު ބޮލީވުޑް ފިލްމަކީ ކައި ޕޯ ޗެ އެެވެ. އޭގެ ފަހުން ފިލްމް ޕީކޭ، ޑޭ ކެޑަރނަތް، އަދި އެމްއެސް ދޯނީ އިންފެނިގެން ގޮސްފައި ވެއެވެ.

 

2 ކޮމެންޓް
Mary
ޖޫން 14, 2020
Hellow ehaa deatil nukuraane mikaha new eh.suicide vefa hunna goi detail kuramekee news ethics aa hilaaf kameh. pls try to understand this
Ma
ޖޫން 14, 2020
Eynaa furatha kulhu drama aki kis dhesh me hey mera dhil kiyaa drama series eh star plus in dhehki