English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް - ފޮޓޯ: ސަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ކިއޮސްކެއް ބަހައްޓައިގެން ކެއިން ބުއިމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި އެވެ.

އޭއީއެޗް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގައި ކަނޑައަޅާ ވަކި ސަރަޙައްދެއްގައި ކިއޮސްކެއް ބަހައްޓައިގެން ކެއިން ބުއިމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ވީމާ، މއެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2020 އާއި 21 ޖޫން 2020 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 25 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އެ ބީލަމާއި ގުޅިގެން އިތުރު މަޢުލޫމަތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 21 ޖޫން 2020 ވަނަ ދުވަހުގެ 13:30ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލްގައި އޮންނާނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އަދި ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ކަމަށްވެސް އޭއީއެޗް އިން ބުނެއެވެ.