English Edition
Dhivehi Edition

ތުންފަތް ހިކި ކުރަކިވެ ލޭއައިސްފައިވާ ދުވަސްތަކުގައި މީހުންނާއި ދިމާވެ ވާހަކަ ދައްކަންވެސް ލަދުގަންނަ ފަހަރު އާދެއެވެ. ތުންފަތް ހިކުން މިއީ ވަރަށް ގިނައިން ދެޖިންސުގެ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ބައެއް ފަހަރު މިހެންވަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޮވޭތީ އާއި ހޫނު ގަދަކަމުން އަދި ބައެއް ފަހަރު އޭސީގެ ފިނިންވެސް ތުންފަތް ހިކި, ފަޅައިގެންދެއެވެ. މިހެން ދިމާވުމުން އަބަދުވެސް ދަބަހުގައި ލިޕްބާމެއް ނުވަތަ ކޮންމެވެސް ކަހަލަ މޮއިސްޗަރައިޒިންގް ކްރީމެއް ބާއްވައިގެން އެބޭނުން ކުރަންޖެހެއެވެ. ތިރީގައި މިވަނީ ގުދުރަތީ އެއްޗިހި ބޭނުންކޮށްގެން ތުންފަތަށް ދެވިދާނެ ބައެއްފަރުވާތަކެވެ.

ކޮކްނަޓް އެންޑް ހަނީ ލިޕް ސްކްރަބް:

ކާށި ތެޔޮ އަދި މާމުޔަކީ ހަމައެކަނި ހަންގަނޑަށް ފަރުވާ ކުރުމަށް ބޭނުންކުރާ ދެބާވަތެއް ނޫނެވެ. މިދެބާވަތުން ތުންފަތަށް ދިމާވާ އެކި މައްސަލަތަކަށް ފަރުވާ ކުރެވިދާނެއެވެ. ސްކްރަބް ތައްޔާރުކުރުމަށް އޯގާނިކް މާމުއި އަދި ކާށިތެޔޮ ހޯތުމަށްފަހު ކުޑަ ބްރައުންޝުގާ ކޮޅަކާ ތާފަނާ ފެންފޮދަކާ މިކްސްކުރާށެވެ. ދެން ތިންމިނެޓް ވަންދެން ތުންފަތުގައި އުނގުޅާފައި ދޮވެލާށެވެ. މި ސްކްރަބް އިން ތުންފަތުގައި މަރުވެފައިވާ ހަންތައް ނެއްޓި ތާޒާކޮށް ތުންފަތް ދައްކާނެއެވެ.

ކޮފީ އަދި ހަނީ ލިޕް ސްކްރަބް:

ކޮޕީއާއި މާމުއި އެއްކޮށްފައި މި ޕޭސްޓުން 2 މިނެޓް ވަންދެން ތުންފަތް މަސާޖްކޮށްލާށެވެ. ދއން އިތުރަށް 3 މިނެޓް ވަންދެން މިޕޭސްޓް ނުދޮވެ މަޑުކޮށް ލުމަށްފަހު ތިން މިނެޓް ހަމަ ވުމުން ދޮވެލާށެވެ. ތުންފަތް ތާޒާކޮށް ހައިޑްރޭޓް ކޮށް ދޭނެއެވެ.

ރޯސްޕެޓަލްސް އެންޑް މިލްކް ސްކްރަބް:

މަތީގައި ގެނެސްދެވުނު ދެ ސްކްރަބަކީ ތަންކޮޅެއް ރާޅުކޮށް ހުންނަ ސްކްރަބަކަށް ވާއިރު މި ރޯސްޕެޓަލް މިލްކް ސްކްރަބަކީ އޮލަކޮށް ހުންނަ ސްކްރަބެކެވެ. ރޯސްޕެޓަލްސް އަދި ކިރު ގްރިންޑަރަކުން އޮލަކޮށް ހުންނަ ވަރަށް ފުނޑާލާށެވެ. އެއަށްފަހު ތުންފަރުގައި މި ސްކްރަބް އުނގުޅާފައި މިނެޓެއް ހާއިރު ބެހެއްޓުމަށްފަހު ދޮވެލާށެވެ. ދެން ލިޕްބާމެއް އުނގުޅަފައި ބަހައްޓާށެވެ. އިތުރަށް ތުންފަތަށް ތާޒާކަން ގެނެސް ރީތިކޮށްދޭނެއެވެ.