English Edition
Dhivehi Edition

މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ. އެ އިދާރާއިން މި އެލާޓް ނެރެފައިވަނީ ގދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު މެންދުރުފަހު 13:30 އިން އިރުއޮއްސި 18:00 އާއި ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު 13މޭލައި 26 މޭލު ބާރުމިނުގައި ވައިގަދަވާނެކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. މީގެ އިތުރުން ކަނޑު ދަތުރުފަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްވެސް މެޓު އޮފީހުން ވަނީ ލަފާދެއްވާފައެވެ. މެޓް އޮފީހުން ބުނެފައިވަނީ މިއަދާއި މަދަމާވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.