English Edition
Dhivehi Edition
މާލޭގައި ހުޅުވި ބީއެމްއެލްގެ އެކައުންޓް އޯޕެނިންގ އެންޑް ލޯން ސެންޓަރ - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއްލިބުމާއެކު ޖޫން 08 ވަނަ ދުވަހުން ފެށިގެން އޮންލައިން އަދި ސެލްފް-ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ނިންމައިފި އެވެ.

އެގޮތުން ބީއެމްއެލް އިން ބުނީ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00
އިން ފެށިގެން މެންދުރުފަހު 02:00 އަށް ކަމަށެވެ. އަދި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެން އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށްވާތީވެ، ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެއެވެ.

މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް އަދި ބީއެމްއެލް އިސްލާމިކް ބްރާންޗުން ލިބޭނެ ޚިދުމަތްތައް:

  • ކޭޝް ޓްރާންސެކްޝަން (ސެލްފް-ސާރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ނުލިބޭ)
  • 25،000 ރުފިޔާއިން މަތީގެ އަދަދުގެ ފައިސާ ނެގުމުގެ ހިދުމަތް
  • ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރުމާއި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ.
  • ކަސްޓަމަރުން ބްރާންޗަށް ވަޑައިގެން ވެރިފައި ކުރަންޖެހޭ އެޕްލިކޭޝަން ތަކުގެ ހިދުމަތް
    – ޕަރސްނަލް އިންފޮމޭޝަން އަޕްޑޭޓް ކުރުން
    – އިންޓަރނެޓް ބޭންކިންގ އަށް އެދި ހުށަހެޅުން
  • ޗެކް ފޮތައް އެދި ހުށަހެޅުމާއި ހަވާލުކުރުން
  • ރިޓާން ޗެކް ބަލައިގަތުން
  • ބޭންކް ގެރެންޓީ

މީގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ބްރާންޗް މެދުވެރިކޮށް ކާޑު ދޫކުރުމާއި އެކައުންޓް ހުޅުވުމުގެ ޚިދުމަތް ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ. އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކާޑު ދޫކުރުމާއި އެކައުންޓް ހުޅުވުމުގެ އިތުރުން ޕަރސަނަލް އަދި ބިޒްނަސް ފައިނޭންސިންގ އެޕްލިކޭޝަން ބަލައިގަތުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބޭންކުން ބުނެއެވެ.

މީގެ އިތުރުން މާލެ ސްކޮއަރގައި ހުންނަ އެކައުންޓް އޯޕަނިންގ ސެންޓަރުން އަލަށް އެކައުންޓް ހުޅުވާ ފަރާތްތަކަށް އެކައުންޓް ހުޅުވުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ލޯން ސެންޓަރުން ލައިފްސްޓައިލް ލޯން، ކިޔަވާ ލޯން، ހޯމް ލޯން، ހޯމް ކޮންސްޓްރަންކްޝަން ލޯން އާ ގުޅުން ހުރި ހިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މާލެ އާއި ހުޅުމާލެ ބިޒްނަސް ސެންޓަރުން ވިޔަފާރިތަކަށް އެކައުންޓް ހުޅުވުމުގެ ހިދުމަތާއި ވިޔަފާރިތަކުން ލޯނަށް އެދި ހުށަހެޅޭނެއިރު، ކަސްޓަމަރ ސަރވިސް ސެންޓަރުން ކާޑު ހަވާލުކުރުމުގެ ޚިދުމަތް ދެމުންދާނެ އެވެ.