English Edition
Dhivehi Edition
ކުރިން ރޯވި އަލިފާންގަނޑު ނިއްވާލުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ފިހާރައެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ޙަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އޮލިމްޕަސް ކުރިމަތީ ހުންނަ “އެކްސީޑް” ފިހާރައިގެ ދެވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު 13:00 ހާއިރު ކަމަށެވެ.

އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މަސައްކަތުން މިއަދު 13:20 ހާއިރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. މި ހާދިސާ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.