English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން އިތުރު 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް އިތުރު 08 ދިވެހިންނާއި 03 ބަންގްލަދޭޝް މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1883 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށްވާއިރު، އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1018 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 28،440 ސާމްޕަލް ނަގާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 1482 މީހުން ކަރަންޓީނުކޮށްފައި އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1228 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 717 މީހުން ރަނގަޅުވެފައިވާއިރު، އެ ބަލީގައި ހަތް މީހަކު ވަނީ މަރުވެފަ އެވެ.