English Edition
Dhivehi Edition
މަޒާޑާ ކެފޭ - ފޮޓޯ: ގޫގުލް މެޕްސް (ހުސައިން ނަޝީދު މޫސާ)

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި ޚިލާފަށް ޚިދުމަތް ދިން ކެފޭއެއް ކަމަށްވާ މާލޭ މަޖީދީ މަގުގައި ހުންނަ މަޒާޑާ ކެފޭ ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ މަޒާޑާ ކެފޭގައި ޚިދުމަތްދޭ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ބެލިއިރު، އެތަނުގައި ޚިދުމަތް ހޯދަން 04 މީހަކު ތިބި ކަމަށާއި، ހުއްދަ ނުނަގައި ބޭރުގައި އުޅުނު މައްސަލައިގައި އެމީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ އިޢުލާނާ ޚިލާފަށް ޚިދުމަތް ދީފައިވާތީ މަޒާޑާ ކެފޭވެސް ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަޙައްދުގެ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތައް ވަނީ ބަންދުކޮށްފައެވެ. އަދި އެ ތަންތަނުން ދެވޭނީ ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ކަމުގައި ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.