English Edition
Dhivehi Edition

ކޮރޯނާ ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވި އެއްގައުމު ކަމަށްވާ އިޓަލީގެ ބޯޑަރުތައް ކޮވިޑް 19 އާއި ގުޅިގެން ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލައިފިއެވެ.

އިޓަލީން މިހާތަނަށް 233,836 މީހުންނަށް މި ބަލި ޖެހިފައިވާއިރު 33,601 މީހުން ވަނީ ކޮވިޑް 19 ގެ ސަބަބުން މަރުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރުތައް ފުރަތަމަ ހުޅުވާލި ގައުމަކަށް އިޓަލީވެފައިވާ އިރު އަދިވެސް ބަލިޖެހިފައިވާ 39،297 މީހަކު އެގައުމުގައި އެބަތިއްބެވެ. އެގައުމުގެ ބޯޑަރުތައް ހުޅުވާލިއިރު އެތެރެވާ މީހުން 14 ދުވަހަށް ކަރަންޓީނުކުރުންވެސް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

ބޯޑަރުތައް ހުޅުވާލުމާއެކު އެގައުމަށް ނުދެވިފައި ތިބި މީހުންނާއި އާއިލާތަކާ އަލުން ބައްދަލުވާގޮތް ވަނީ ވެފަ އެވެ. އަދި އެކި ވިޔަފާރިތައް ކުރުމަށް ފްރާންސްގެ މިީހުން ވަނީ އިޓަލީއަށް މިސްރާބު ޖަހައިފައެވެ. އިޓަލީން ބައެއް ކާބޯތަކެއްޗާއި ސިނގިރެޓް ފަދަ ބާވަތްތައް އަގުހެޔޮކޮށް ލިބެ އެވެ.

އިޓަލީން ބޯޑަރުތައް ހުޅުވާލި ނަމަވެސް ޔޫރަޕްގެ އެހެން ގައުމުތަކުން ބުނީ ބޯޑަރުތައް ހުޅުވާލަން އަދި މާ އަވަސް ކަމަށެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން ބޭނުންވަނީ ޖޫން 15 އިގެ ފަހުން ބޯޑަރުތައް ހުޅުވާލާށެވެެ. ބޯޑަތުތައް ހުޅުވާލުމާ ދޭތެރޭ ޔޫރަޕްގައި ހިޔާލު ތަފާތު ވެފައިވާއިރު އިޓަލީގެ އެތެރޭގައިވެސް ވަނީ އެކަމާ ދޭތެރޭ ހިޔާލު ތަފާތުވެފައެވެ.