English Edition
Dhivehi Edition

ކޮވިޑް-19 ޖެހިގެން އުމުރުން 89 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ނިޔާވެފައި ވަނީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި އަންހެނެއް ކަމަށާއި އޭނާ ނިޔާވީ މިއަދު ހެނދުނު 06:20 ގައި ކަމަށެވެ.

މިއީ ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި ހަތްވަނަ މީހާއެވެ.

އިއްޔެވެސް ކޮވިޑް19 ބަލީގައި ބަންގަލަދޭޝް ގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ.