English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމުގެ ތެރެއިން - ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 05 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ގެނެސްދިނުމަށްޓަކައި ޤާއިމްކޮށްފައިވާ ޑޭޝްބޯޑުން ހާމަވާ ގޮތުގައި ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 406 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ 24.28% އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށްވާއިރު، ރަނގަޅުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 1672 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 1580 މީހުން ކަރަންޓީނުކޮށްފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1189 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 406 މީހުން ރަނގަޅުވެފައިވާއިރު، އެ ބަލީގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ.