Hoama dhuvahun feshigen BML in card dhookuraanee appointment hahdhaigen - AO News Hoama dhuvahun feshigen BML in card dhookuraanee appointment hahdhaigen

ކޮވިޑް 19ކަވަރޭޖް

10,919,516CONFIRMED
6,106,402RECOVERED
4,291,726ACTIVE
521,388DEATHS
2,400CONFIRMED
1,969RECOVERED
416ACTIVE
10DEATHS
ބީއެމްއެލްގެ ހެޑް އޮފީސް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)
ހޯމަ ދުވަހުން ފެށިގެން ބީއެމްއެލް އިން ކާޑު ދޫކުރާނީ އެޕޮއިންޓްމަންޓް ހައްދައިގެން
1 މަސް ކުރިން

އަންނަ ހޯމަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ދޫކުރާނީ އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށް އެ ބޭންކުން ބުނެފި އެވެ.

Advt

Advertisement

ބީއެމްއެލް އިން ބުނީ މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއްލިބުމާއެކު ޖޫން 01 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ އިން ކާޑު ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހައްދައިގެން އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށްވާތީވެ، ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ 300 ކަސްޓަމަރުންނަށް ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މިގޮތަށް އެޕޮއިންޓްމަންޓް ހައްދައިގެން ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީގައި އެކަންޏެވެ.

ޖޫން މަހުގެ ފުރަތަމަ ދެހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ. ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެއެވެ.

އެޕޮއިންޓްމަންޓް ހައްދާނީ ކިހިނެއް؟

455 އަށް އެސްއެމްއެސް ކޮށްގެން ކާޑު ނެންގެވުމަށް އެދި ހުށަހެޅޭނެއެވެ. އެސްއެމްއެސް ކުރާނީ ތިރީގައި މިވާ ގޮތަށް ކޮންމެ މައުލޫމާތެއް ވަކި ލައިނެއްގައެވެ.

  • ބްރާންޗް ނުވަތަ ސަރވިސް ސެންޓަރުގެ ކީވޯޑް
  • އައިޑީކާޑު ނަންބަރު / ޕާސްޕޯރޓް ނަންބަރު ( ބިދޭސީއެއްނަމަ)
  • ނަން
  • މިހާރު އުޅޭ އެޑްރެސް

އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން ‘ޕަރމިޓް’ ފޮނުވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކާޑު ނެންގެވުމަށް ވަޑައިގަންނަވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތައް:

  • މާސްކު އެޅުން
  • ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުން
  • އަމިއްލަ ގަލަން ގެނައުން
  • ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން

މީގެ އިތުރުން ބީއެމްއެލް އިން ބުނީ ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ކޯވިޑް-19 ގެ ނުރައްކާ ބޮޑު ކަސްޓަމަރުން ބޭންކަށް ވަޑައިގަންނަވަން ނުޖެހޭ ގޮތަށް، ބޭންކުން ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކާޑު ނެގުމަށްޓަކައި އެސްއެމްއެސް ކުރައްވާނީ އައިޑީކާޑު ނަންބަރު ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ “Card Delivery” ޖެއްސެވުމަށްފަހު 7990200 ނުވަތަ 9990200 ނަންބަރަށް އެސްއެމްއެސް ކުރުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ. އަދި އެގޮތަށް ކާޑު ހަވާލުކުރުމަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތްކުރާއިރު ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބައިގައި ކަމަށްވެސް ބޭންކުން ބުނެއެވެ.