English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ވެޖީ ގާލިކް ނޫޑުލްސް ކައްކާނެގޮތުގެ ރެސިޕީއެވެ. ނޫޑުލްސް އަކީ އަހަރެމެން ދިވެހިންގެ މެދުގައި މަގުބޫލު ކެއުމަކަށް ވެފައިވާއިރު ނޫޑުލްސްގެ ތަފާތު ރެސިޕީ ތައް ހުރެއެވެ. މި އަދު މިގެނެސްދޭ ރެސިޕީ ކަމުދާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި: (ހަތަރު މީހުންނަށް)

2 މޭޒުމަތީ ސަމުސާ ވެޖެޓަބްލް އޮއިލް

5 ލޮނުމެދު ހިމުންކޮށް ކޮށާފައި

4 ސްޕްރިންގް އޮނިއަންސް ކޮށާފައި

2 ކެރެޓް ހަނިދިގަށް ކޮށާފައި

1 ޖޯޑު ފެހި ތޮޅި އެއް އިންޗި ހުންނަ ވަރަށް ކޮށާފައި

2 ސަމްސާ ބްރައުން ޝުގާ

3 ސަމްސާ ސޯޔާސޯސް

250ގ ނޫޑުލްސް ފެނުކައްކާފައި ފެންހިއްކާފައި

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ތަވާ އުންދުން މައްޗަށް އުދާފައި ތެޔޮ އެޅުމަށްފަހު ލޮނުމެދު އަޅާލާށެވެ.. ލޮނުމެދު ކޮޅު ރޯފިލުމުން ސްޕްރިންގް އޮނިއަން އަޅާފައި 1 މިނެޓްވަންދެން ކެއްކުމަށްފަހު ކެރެޓް އަދި ބީންސްވެސް އަޅާފައި މަޑުގިނީގައި 2 މިނެޓްވަންދެން ކައްކާށެވެ. ދެން ބްރައުން ޝުގާ އަދި ސޯޔާ ސޯސް އަޅާފައި އެއްކުރުމަށްފަހު ނޫޑުލްސް އަޅާފައި ރަނގަޅަށް އެއްކޮށްފައި ސާރވް ކުރާށެވެ.