English Edition
Dhivehi Edition
24 ޖެނުއަރީ 2020ގައި ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިހުތިޖާޖްގެ ތެރެއިން - ފޮޓޯ: އެމްވީކްރައިސިސް

މެދުރާއްޖޭތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެކުއްޖާ ގޭގައި ހުއްޓާ މީހަކު އެކުއްޖާއަށް ގޮވައި، ގެއިން ބޭރަށް ނެރެ ބަދުއަޚްލާޤީ ޢަމަލު ހިންގަން މަސައްކަތްކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައި ވަނީ އިއްޔެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ އިތުރު ވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން މިމަހުގެ 08 ވަނަ ދުވަހުވެސް އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ދެކުނުގެ ރަށެއްގައި 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 18 އަހަރުގެ ފިރިހެނަކުވެސް ވަނީ މިދިޔަ އޭޕްރީލް މަހުގެ 09 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.