English Edition
Dhivehi Edition
އެއިމްސް ކުލިނިކުގެ ލެބޯޓްރީ

އައްޑޫސިޓީގެ ފޭދޫގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއާއިން ކޮވިޑް ޓެސްޓް ކުރުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް އެ ކްލިނިކުން ބުނެފިއެވެ.

އެއިމްސް ގެ މެނޭޖިންގ ޑިރެކްޓަރ އަލީ އިޙްސާން ވިދާޅުވީ އަންނަ ހަފްތާ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“މާތް ﷲ ގެ އިރާދަފުޅާއެކު އަންނަ ހަފްތާގައި އެއިމްސްގައި ކޮވިޑް 19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ގާއިމު ކުރެވިގެންދާނެ. މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް މިހާރުވާނީ އެދިފައި” އަލީ އިހްސާން ވިދާޅުވިއެވެ.

ކޮވިޑް 19 ގެ ކޭސްތައް ރާއްޖެއިން ފެންނަން ފެށުމާ ހަމައިން އައްޑޫގައި ޓެސްޓް ހެދެން ނެތް މައްސަލައާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ސަރުކާރުން ބުނަމުން އަންނަނީ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޓެސްޓް ހެދޭނެ ވަކި ތާރީޚެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ޓެސްޓު މިހާރު ހަދަނީ އައިޖީއެމްއެޗް ހޮސްޕިޓަލާއި އޭޑީކޭ އަދި ފުލުހުންގެ ލެބްގައެވެ.