English Edition
Dhivehi Edition
ހުޅުމީދޫ ބަހާއުއްދީން މަގުގެ މަސައްކަތް ކުރިއަށް ދަނީ: ފޮޓޯ ލުބްނާ އޭއޯ ނިއުސް

އައްޑޫ ސިޓީ މީދޫގައި ޒުވާން ފިރިހެނަކު އުމުރުން ދުވަސްވީ މީހަކަށް ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް ފެންމަތި ވެފައިވާއިރު، އޭނާ އިތުރު ދެ މީހަކަށް ގޯނާ ކުރަން މަސައްކަތްކޮށްފައިވާ ކަމަށް އެ ދެފަރާތުގެ އާއިލާ އިން ބުނެފިއެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން އޭނާގެ ދެވަނަ ‘ވިކްޓިމް’ގެ އާއިލާ މެމްބަރަކު ބުނެފައިވަނީ އުމުރުން 60 އަހަރަށް ވުރެ މަތިވެފައިވާ މި އަންހެން މީހާ ގޭގައި ހުއްޓާ އެ ފިރިހެން މީހާ އެގެއަށް ގޮސް އޭނާއަށް ޖިންސީ ގޯނާކުރަން މަސައްކަތް ކުރި ކަމަށެވެ.

“އަހަރެންގެ މަންމަ ގޭގެ ބޭރުގައި މަޑުކޮށްގެން ހުއްޓާ އެފިރިހެން މީހާ އައިސް ބުނީ ކީއްކުރަނީހޭ. ދެން މަންމަ އެއްވެސް ކަމެއް ނުކުރަމޭ ބުނުމުން ގޭތެރެއަށް ވަދެގެން ފިރިހެން މީހާ ދިޔަ. ދެން އެއީ ކާކުކަން މަންމަޔަށްވެސް ނޭނގޭތީ ފަހަތުން ގެއަށް ވަދެގެން ދިޔައީ އޭނަާގެއަށް ވަދެގެން ދިޔައީ ކޮންކަމެއް ބޭނުންވެގެންތޯ ބަލަން. ދެން ގޭގެ ސިމެންތި މަސައްކަތް ކުރަމުން ދިޔަ ގަޑިއެއްވީމަ އޭނާ މަންމައާ ސުވާލު ކުރީ ގޭގެ މަސައްކަތާއި ބެހޭގޮތުން. އެއަށްފަހު އޭނާ މިސްރާބު ޖެހީ ކޮޓަރިޔާ ދިމާލަށް .އެހާހިސާބުން މަންމަ ހައިރާންވެފައި ހުރެ މީނަ ކޮޓަރިއަށް ވަންނަން ދިޔަ ސަބަބު ބަލަން ހިނގައި ގަތުމުން މަންމަ ގައިގައި އަތްލަން މަސައްކަތްކުރީ. ދެން މަންމަ ހަޅޭއް ލެވުމުން ގޭގެ މަސައްކަތުގައި ތިބި ބިދޭސީން އައީ. އެހާހިސާބުން އޭނާ ދުވެފިލީ. އަހަރެމެން ވާނީ މިމައްސަލަވެސް ފުލުހުންނަށް ހުށަހަޅާފައި. މަންމަ ވަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި މި ހާދިސާއަށްފަހު”، އެ މީހާ ކިޔައިދިނެވެ.

އެނގިފައިވާ ގޮތުގައި އެ ފިރހެން މީހާ އެ އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރަން އުޅުނީ އޭނާގެ ބޮޑުބޭބެގެ އަނބިމީހާ އަށް ޖިންސީ ގޯނާކުރުމަށްފަހު އެގެއިން ނިކުމެގެން ގޮހެވެ. މި ތިން ހާދިސާވެސް ހިނގާފައިވަނީ އިއްޔެގެ ހެނދުނު 7-8 ޖެހުމާދޭތެރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެން މީހާ އިއްޔެގެ ހެނދުނު އެންމެ ފުރަތަމަ ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރީ ހުޅުދޫގެ އުމުރުން 70 އަހަރާގާތްކުރާ އަންހެނަކަށެވެ. އެއަށްފަހު އެކަން ކާމިޔާބު ނުވުމުން މީދޫއަށް އައިސް އޭނާގެ ފަހަރިޔާ ދިމާކޮށް ޖިންސީ ގޯނާ ކުރުމަށް ކުރި މަސައްކަތުގައި އެ އަންހެން މީހާ އަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

މިމައްސަލާ ގުޅިގެން ހުޅުމީދޫގެ ރައްޔިތުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ގޭގައި އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުން ވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ރަށުގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި މިފަދަ ހާދިސާތައް މި ދެ ރަށުގައި މަދުން ނަމަވެސް ހިނގައެވެ.

ދާދިފަހުން އުމުރުން ދުވަސްވީ މީހަކަށް ހުޅުދޫގައި ވަޅިން ހަމަލާދިން ހާދިސާގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ބުނެ ވަނީ ދޫކޮށްލައިފައެވެ. ނޫނީ ކޮންމެވެސް އެހެން ކަމެއް ދިމާވެގެން މިފަދަ މީހުން ތިބީ މުޖްތަމައުގެ ތެރެއަށް ދޫވެފައެވެ.

އެއްދުވަހެއްގައި އެއްގަޑި އިރުތެރޭގައި އެންމެ މީހަކު މިފަދަ ދެހާދިސާ ހިންގުމަކީ ކުޑަކަމެއް ނޫނެވެ. މިއީ ބޮޑު ކުށަކަށްވެފައި ބިރުވެރިކަމެކެވެ. މި ކުޑަ މުޖްތަމައުގައި މިއީ އާދައިގެ ކަމެއް ކަމަށް ހަދާލައިގެން ތިބެވޭކަށް ނެތެވެ. ކަމާއި ބެހޭފަރާތްތަކުން މިފަދަ މީހުންނަށް ހައްގު އަދަބުދީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭން ޖެހެއެވެ.

މިހާރު މިމައްސަލަ ފުލުހުންނަށް ހުށަހަޅައި އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

2 ކޮމެންޓް
ބުތު
މެއި 29, 2020
ކޮބާ ފޮޓޯ އެހެން އަންބޭފުޅުންނަ ވެސްތިކަން އެގެންޖެހޭނެ..
Totahera
މެއި 29, 2020
For spreading corruption in the land better we go with Allah's law. They don't deserve nothing but capital punishment. If I had any authority I would make an example out of this evil man. :(