English Edition
Dhivehi Edition

“އޭއޯ ޜޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ވަރަށް މީރު ފަސޭހައިން ތައްޔާރުކޮށްލެވޭ ސަލެޑެއްގެ ރެސިޕީއެވެ. ސަލެޑަކީ ކެއުމަށްފަހު ގައި ނޫނީ ކުޑަ ގޮތަކަށް ބަނޑުހައި ކަން ފިލުވާލުމަށް މިހާރަކަށް އައިސް ވަރަށް ގިނަމީހުން ބޭނުން ކުރާއެއްޗެކެވެ. އަދި ހާއްސަކޮށް ޑައެޓް ކުރާ މީހުން ކެއުމަކަށް ސަލެޑް ބޭނުން ކުރެއެވެ.

ބޭނުންވާތަކެތި:

500ގ ބޯންލެސް ކުކުޅު ފެނު ކައްކާފައި (ދެ އޫ ބޭނުންކޮށްގެން ކުދި ކުދިކޮށްފައި)

1 އާފަލު ހަނިދިގަށް ތުނިކޮށް ކޮށާފައި

2 ސެލެރީ ދަނޑިކޮޅު ޗޮޕްކޮށްފައި

1/2 ޖޯޑު ސަވާ ކްރީމް/ ނޫނީ މެޔޮނައިޒް

ކުޑަ ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް:

ބޯތަށްތަކަށް ކުކުޅު، ސެލެރީ، އާފަލު، ސަވާ ކްރީމް އަދި ލޮނު ކޮޅެއް ބޭނުމިއްޔާ މިކްސްޑް ހާބްސް ކޮޅެއް އަޅާފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. މި ސަލެޑް މީރުވާނީ ސާރވް ކުރުމުގެ ކުރިން ފްރިޖްގައި ބަހައްޓާފައި ފިނިކުރުމުންނެވެ.