English Edition
Dhivehi Edition
ކުޅުދުއްފުށި ސިޓީ - ފޮޓޯ: ސޯޝަލް މީޑިއާ

ކުޅުދުއްފުށި ސިޓީގައި ކުއްލި ގޮތަކަށް ކުޑަކުއްޖަކު މަރުވެއްޖެ އެވެ.

އޮންލައިން ނޫސް “ކުޅުދުއްފުށި އޮންލައިން” އިން ރިޕޯޓްކުރާ ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެނައުމުގެ ގާތްގަނޑަކަށް 15 މިނެޓް ކުރިން ކުއްޖާ ނިޔާވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް، ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލް މެނޭޖަރ އަހްމަދު ދާއޫދޫ ވަނީ ވިދާޅުވެފަ އެވެ.

އެކުއްޖާ މިއަދު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 16:20 ހާއިރު ކަމަށްވާއިރު، ކުއްޖާ މަރުވިކަން ޑޮކްޓަރު ކަށަވަރުކޮށްދެއްވާފައި ވަނީ 16:47 ގައެވެ.

މީގެ އިތުރުން ދާއޫދު އިތުރަށް ވިދާޅުވީ އެއީ ކޮވިޑް-19 އަށް ޝައްކުކުރެވޭ މަރެއް ކަމުގައި ނުވިނަމަވެސް، މިހާރު އޮންނަ އުސޫލުގެ މަތިން އެ ބައްޔަށް ޓެސްޓް ކުރެވޭނެ ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެކުއްޖާ އަކީ އެއްވެސް ބައްޔެއްް ހުންނަ ކުއްޖެއްކަން އެނގިފައެއް ނުވެއެވެ.