ކޮވިޑް-19އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާ ވަމުންދާ ތަދިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އަށް ފޯރުކޮށްދީފައިވާ އޮފަރ ތަށް ޖޫން މަހުވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުން މިއަދު ބުނީ އޮފަރތައް ޖޫން މަހުވެސް ފޯރުކޮށްދިނުމަށް ނިންމީ، މި ދުވަސްވަރަކީ ހުރިހާ އެންމެންވެސް ގޭގައި ތިބެން ޖެހިފައިވާ ދުވަސްވަރެއް ކަމުގައި ވުމުން، ޑޭޓާ ބޭނުން ކުރާވަރު ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާތީ، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް
- ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50% އާއި 140% އާ ދެމެދުގެ ހިލޭ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބިގެންދާނެއެވެ.
- މާރިޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓަރތަކުން 50% ޑިސްކައުންޓް 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.
ދިރާގު މޮބައަލް ކަސްޓަމަރުންނަށް
މޮބައިލް ޕޯސްޓްޕެއިޑް
- ހުރިހާ މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 50% އާއި 75% އާ ދެމެދުގެ އިތުރު ޑޭޓާ ޖޫން މަހުގައިވެސް ލިބިގެންދާނެއެވެ
- މާރިޗް މަހުން ފެށިގެން ދެމުންއައި ޑޭޓަ ބޫސްޓަރތަކުން %50 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.
މޮބައިލް ޕްރީޕެއިޑް
- މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުން ބައްލަވައިގަންވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.
- ވޮއިސް އެޑް-އޮންތަކުން %50 ޑިސްކައުންޓް 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.
މަމެން
- 20% އިތުރު އެލަވަންސް މަމެންގެ ހުރިހާ ޑޭޓާ ބަންޑަލްތަކުން 15 ޖޫން 2020 އާ ހަމައަށް ލިބިގެންދާނެއެވެ.
މޮބައިލް ހޯމް ބްރޯޑްބޭންޑް
- ހުރިހާ އެލް.ޓީ.އީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޑޭޓާ ބޫސްޓަރ ތަކުން %50 ޑިސްކައުންޓް 15 ޖޫން 2020 ގެ ނިޔަލަށް ލިބިގެންދާނެއެވެ.