English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫ މަގެއްގައި ފެންބޮޑުވެފައި - ފޮޓޯ: އޭއޯ ނިއުސް

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ޔެލޯ އެލަރޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ހޯމަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

އަދި ހުޅަނގާއި ހުޅަނގު އުތުރުންް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.

ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ފަސް ފޫޓާއި ހަތް ފޫޓަށް އުފުލޭނެ ކަމަށްވެސް ލަފާކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެތީ މޫސުމަށް ސަމާލުވުމަށްވެސް މެޓުން އިލްތިމާސް ކުރެއެވެ.