English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަިދގެ” މި ސެގްމެންޓްގައި މިއަދު ގެނެސް ދެނީ ވަރަށް ތަފާތު އެހެން ނަމަވެސް އެހާމެ މަދު އިންގްރެޑިއެންޓެއް ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ ހަށިގަނޑަށް ފައިދާ ހުރި ރެސިޕީ އެކެވެ. ކޮކޮނަޓް ޕިކެލެޓަކީ ޕޭންކޭކް ކަހަލަ ފޮނި ކާއެއްޗެކެވެ. ހަމަ އެކަނި ތަފާތުވާނީ ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތަކެވެ.

ބޭނުންވާތަކެތި:

400މލ ކާށި ކިރު

2 ޖޯޑު ފުށް

1 މޭޒުމަތީ ސަމްސާ މާމުއި

2 ބިސް

1 ލުނބޯ، އަދި ލުނބޮލުގެ ތޮށި ގާނާފައި

ތައްޔާރު ކުރާނެގޮތް:

މަތީގައި ލިޔެފަިއވާ ހުރިހާތަކެތި ހޯދާފައި ބޯތަށް ތަކަށް އެޅުމަށްފަހު އެއްކުރާށެވެ. އަދި މީގެ ތެރެއަށް ބައި ޖޯޑު ފެންއަޅާފައި ފޮޅި އަޅާލެވޭ ވަރަށް އޮލަކޮށް ގިރާލާށެވެ. ދެން ތަވާ އުނދުން މައްޗަށް އުދާފައި މަޑު ގިނީގައި ބަހައްޓައިގެން ޕޭންކޭކް އަޅާގޮތަށް ވަށް ކޮށް ފޮޅި އަޅާފައި ދެފުށް ރީއްޗަށް ފިހެލާށެވެ. ގިރާފައި ހުރި ފުށް ހުސްވަންދެން މިގޮތަށް ޕިކެލެޓްސް ފޮޅިއަޅާށެވެ.

ނޯޓް: މި ޕިކެލެޓްސް ސާރވް ކުރުމުގެ ކުރިން ގާނިޝް ކުރުމަށް ބްލޫބެރީ، ސްޓްރޯބެރީ، ވިޕިންގް ކްރީމް، ނޫނީ މާމުއި މައްޗަށް އަޅާލައިފައި ރީތި ގޮތަކަށް ގާނިޝް ކުރެވިދާނެއެވެ.