English Edition
Dhivehi Edition

އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާލައި ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅާފައިމިވަނީ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޖާބިރު މަޖިލީހަށް ހުށަހެޅި ގަރާރްގައި ވިދާޅުވެފައިވަނީ ކޮވިޑް19 ގެ މި ހާލަތަކީ، މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހުއްޓި އިގުތިސާދު ހީނަރުވެ ރައްޔިތުން ބިކަ ހާލުގައި ޖެހުމުގެ ފުރުސަތު އޮތް ދަނޑިވަޅެއްކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަން ކުރުމަށް ފަހު، އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީއެއް ހޯއްދެއްވުމަށް ޖާބިރު ވަނީ ގޮވާލާލައްވާފަ އެވެ.މީގެ އިތުރުން ޖާބިރު ހުށަހެޅުއްވި ގަރާރްގައި ވިދާޅުވެފައިވަނީ މިވަގުތު ރައީސް ޔާމީން އާއި މަޝްވަރާކުރެއްވުމަކީ ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ.

އެ ގަރާރްގައި، ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި ސައުދި އަރައްބިއްޔާ އާއެކު ވަރަށް ގާތް ގުޅުމެއް އޮތަތީ، އެ ދެގައުމުގެ އެހީތެރިކަން މިވަގުތުގައި ރައީސް ޔާމިނަށް ހޯއްދަވައިދެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވީ މި ހާލަތުގައި އޭނާގެ ބޭނުމަކީ ސިޔާސީ ވާދަވެރިކަން ނެތިކޮށް، ގައުމީ ރޫޙެއްގައި ރައްޔިތުން ސަލާމަތް ކުރުންކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުން އެއްގަލަކަށް އަރައި، ސިޔާސީ ވާދަވެރިކަން ނެތިކޮށްލައި ގައުމީ ރޫހެއްގައި ކަންތައް ކުރުމަށް ޖާބިރު ވަނީ ގޮވާލާފަ އެވެ.

1 ކޮމެންޓް
ސޫތު
މެއި 29, 2020
ޔާމީނުގޯސްކަމެއް ނުކުރާވާހަކައެއް ނޫންއޭނާވެރިކަމުގަ ހުރިދުވަހެއްނަމަ އައްޑޫގަ ޓެސްޓްހަދާމެށިނެއް ހުންނާނެކަން ޔަގީން...