English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ނަޓެއްލާ ފްރެންޗް ޓޯސްޓް ތައްޔާރު ކުރާނެގޮތުގެ ރެސިޕީއެވެ. ފްރެންޗް ޓޯސްޓަކީ ވަރަށް ގިނަމީހުންނަށް ކަމުދާ ފޮނި އެއްޗަކަށް ވެފައިވާއިރު އިތުރު އިންގްރެޑިއެންޓްސް ތަކާއެކު ތައްޔާރު ކުރާ މިހާއްސަ ޓޯސްޓް ވަރަށް މީރުވާނެއެވެ.

ބޭނުންވާތަކެތި:

2 މީހަކަށް ބޭނުންވާވަރު : –

4 ޕާންފޮތި

4 މޭޒުމަތީ  ސަމްސާ ނަޓެއްލާ

1 ބިސް

1/2 ޖޯޑު ކިރު (ޕެކެޓް)

1 ސަމްސާ ހަކުރު

1 ސަމްސާ ވެނީލާ އެސެންސް

1 ސަމްސާ ބަޓަރ

އައިސިންގް ޕައުޑަރ އަދި ސްޓްރޯބެރީ (ގާނިޝްކުރުމަށް ބޭނުންވައްތަރެއްގެ ފުރުޓެއް ބޭނުން ކުރެވިދާނެ)

ތައްޔާރުކުރާނެގޮތް:

އެންމެފުތަރަމަ ޕާންފޮތިތަކުގައި ނަޓެއްލާ އުނގުޅާފައި ސޭންޑްވިޗެއް ގޮތަށް ދެފޮތި ތަތްކޮށްފައި ބަހައްޓާށެވެ. ދެން ބޯތަށްޓެއްގައި ބިސް، ހަކުރު، ކިރު އަދި ވެނީލާ އެސެންސް އަޅާފައި ގިރާލާށެވެ. ދެން ންޓެއްލާ ހާކާފައި ހުރި ޕާންފޮތި ތައް މީގެ ތެރެއަށް އަޅައި ރަނގަޅަށް ދެފުށް ފޯކޮށްލާށެވެ. ތަވައަށް ބަޓަރ ކޮޅު އަޅާފައި ވިރުނީމަ ޕާންފޮތިތަކުގެ ދެފުށަށް ގޯލްޑެން ބްރައުން ކުލަ އަރަންދެން 1- 2 މިނެޓްވަންދެން ދެފުށް ފިހެލާށެވެ. ތަށްޓަކަށް އަޅާފައި މައްޗަށް  އައިސިންގޝުގާ ޑަސްޓް ކޮށް ލުމަށްފަހު މައްޗަށް ސްޓްރޯބެރީ ނުވަތަ ލިބެން ހުރި ފުރުޓެއް އަޅާފައި ސާރވް ކުރާށެވެ.