Hulhumeedhoo Bahaaudhdheen maguge 80% masakkah nimmaalaifi - AO News Hulhumeedhoo Bahaaudhdheen maguge 80% masakkah nimmaalaifi

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
ހުޅުމީދޫ ބޮޑުމަގުން ޒުވާނުންތަކެއް ހަވީރު ފިންޏަށް ދުއްވާލަން ދަނީ: ފޮޓޯ ލުބްނާ އޭއޯ ނިއުސް
ހުޅުމީދޫ ބަހާއުއްދީން މަގުގެ %80 މަސައްކަތް ނިއްމާލައިފި
2 ހަފްތާ ކުރިން

އައްޑޫ ސިޓީ ހުޅުމީދޫ ބަހާއުއްދީން މަގުގެ %80 މަސައްކަތް ނިމިފައިވާ ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލަރ ހިޔާޒް ހަސަން ވިދާޅުވެއްޖެއެވެ.

Advt

Advertisement

ފުރަތަމަ ފަހަރަށް ހުޅުމީދޫގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދަމުން އަންނަ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެމުން ހިޔާޒް ވިދާޅުވީ މިހާރު ކުރިއަށްދަނީ ކޯގަންނަނު ސަރަހައްދުގެ މަގު ލެވެލް ކުރުމުގެ މަސައްކަތްކަމަށާއި މިހާރު ކުރިއަށް މިދަނީ މަގު ހެދުމުގެ މަސައްކަތުގެ އެންމެ ފަހު މަރުހަލާކަމަށެވެ. “މަގުގެ މަސައްކަތް މިހާ ހިސާބަށް އައި އިރު ބައެއް މީހުންގެ ޝަކުވާތައްވެސް އެބަހުރި. މި ގޮތުން މަގު ލެވެލްކުރުމާއެކު ކޯގަންނު ސަރަހައްދުން އުދައަރާނެކަމުގެ ކަންބޮޑުވުންތައް ވަރަށް ބޮޑު. އެކަމަކު އަޅުގަނޑަށްހީވާ ގޮތުން މިހާޜު ފެށިގެން މިހާ ހިސާބަށް އައިރު އެއްލެވެލްއެއްގައި ކުރަމުން އައި މަސައްކަތެއް ވަކި ހިސާބަކުން ވަކި ގޮތަކަށް ހަދަން ވެއްޖެ ނަމަ އެ މަސައްކަތް އެންމެ ރަގަޅަކަށް ކުރިއަކަށް ނުދޭނެ. ” ހިޔާޒް ވިދާޅުވިއެވެ.

ކައުންސިލަރު ހިޔާޒް.: މަގުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާ ބެހޭ ގޮތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަނީ

ހުޅުމީދޫ ބޮޑު މަގު (ބަހާއުއްދީން މަގު) ހެދުމުގެ މަޝްރޫއު ނައިބު ރައީސް ފައިސަލް ނަސީމް ފައްޓަވައިދެއްވީ 04 އެޕްރީލް 2019 ގައެވެ. ހުޅުމީދޫ ބޮޑު މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ  3271938570 ރުފިޔާ އަށެވެ. މި މަސައްކަތް 240 ދުވަސް ތެރޭގައި ނިންމަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.މި މަޝްރޫއުގެ ދަށުން ހުޅުމީދޫ ބަހާއުއްދީނު މަގުގެ 2.02 ސަރަހައްދެއް ރަނގަޅު ފެންވަރަކަށް ހަދައި، މަގުގައި ތާރުއެޅުމަށް ނިންމާފައިވާއިރު މަގުބައްތި ޖެހުމާއި ސައިޑްވޯކް ގާއިމްކުރުމަށް އެއްބަސްވުމުގައި ވެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހުޅުމީދޫގެ 1810 ސްކުއާ މީޓަރުގެ މި މަގުގައި  ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމަށްވަނީ ހަމަޖެހިފައެވެ.