Addu gai restaurant thakaai salon thah hulhuvumuge huhdha dheefi - AO News Addu gai restaurant thakaai salon thah hulhuvumuge huhdha dheefi

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
އައްޑޫ ސިޓީ ފޭދޫގައި ހިންގާ 3އެސް ލައުންޖް ރެސްޓޯރެންޓް - ފޮޓޯ: 3އެސް ލައުންޖް
އައްޑޫގައި ރެސްޓޯރެންޓްތަކާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ދީފި
2 ހަފްތާ ކުރިން

އައްޑޫ ސިޓީގައި ކެފޭ އަދި ރެސްޓޯރެންޓްތަކާއި ބޯކޮށާ ތަންތަން ހުޅުވުމުގެ ހުއްދަ ދީފިއެވެ.

Advt

Advertisement

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކެފޭ ރެސްޓޯރެންޓް ހުޅުވައިގެން ޚިދުމަތް ދެމުން ގެންދަންވާނީ މެއި 22 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 6 ރޯދަ ނިމެންދެން ކޮންމެ ދުވަހެއްގެ 18:00 އިން 22:00 އަށް ކަމަށާއި، އެއަށްފަހު ޝައްވާލުމަހުގެ 6 ރޯދަ ނިމުމުން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 22:00 އަށް ކަމަށެވެ.

އަދި ސެލޫންތައް ހުޅުވައިގެން ޚިދުމަތް ދެމުން މެއި 22 ވަނަ ދުވަހުން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

މީގެ އިތުރުން، ސެލޫންތައް އަދި ކެފޭ ރެސްޓޯރެންޓްތަކުންނާއި އެތަންތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އަމަލުކުރަންވީގޮތުގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިއުމަށްވެސް ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ.

ކެފޭ ރެސްޓޯރެންޓްތަކުން ޢަމަލުކުރަންޖެހޭ ކަންކަން:

(ހ) ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ބަލައި ރެސްޓޯރެންޓް ކެފޭތަކަށް މީހުން ވެއްދުން؛ އެގޮތުން މޭޒުތަކާއި ގޮނޑިތައް އެތުރުމުގައި ގައިދުރުކަން ބެހެއްޓޭނެފަދަ ގޮތަކަށް އިންތިޒާމް ހަމަޖެއްސުން؛

(ށ) ކެފޭ ރެސްޓޯރެންޓްތަކުގައި ޚިދުމަތް ލިބިގަންނަ ފަރާތްތައް އެކަކު އަނެކަކާ ދެމެދު 3 ފޫޓުގެ ގައިދުރުކަން ބެހެއްޓޭނެގޮތަށް އިންތިޒާމްކޮށްފައި ހުރުން؛

(ނ) ކެފޭ ރެސްޓޯރެންޓްތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކުވެސް ޚިދުމަތްދޭ ގަޑީގައި މާސްކު އަޅައި އަންގިލައްވައިގެން ހުރުން. އަދި އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަންދިނުން؛

(ރ) ކެފޭ ރެސްޓޯރެންޓްތަކަށް ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛ އަދި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ބެހެއްޓުން؛

(ބ) ކޮންމެ ދުވަހެއްގެވެސް ޚިދުމަތްދޭ ވަގުތު ނިމުމުން، ކެފޭ ރެސްޓޯރެންޓްގެ ތަޅުންގަނޑާއި ކަސްޓަމަރުން އަތްޖެހޭ ތަންތަން ހެލްތް ޕޮރެޓެކްޝަން އެޖެންސީގެ ގައިޑްލައިނާއި އެއްގޮތަށް ޑިސްއިންފެކްޓްކުރުން؛

(ޅ) ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދިނުމުގައި ބުފޭގެ ގޮތުގައި ޚިދުމަތް ނުދިނުން. އަދި ހަމައެކަނި ވަކިވަކިން މޭޒުތަކަށް ސާރވްކުރާ ގޮތައް ޚިދުމަތް ދިނުން؛  މީގެ އިތުރުން ދުފާއެއްޗެހި ޕެކެޓްގައި ސާރވް ކުރުން؛

(ކ) މީގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ނުވަތަ ކަމާބެހޭ އެހެންވެސް އިދާރާތަކުންދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުން.

ސެލޫންތަކުން ޢަމަލުކުރަންޖެހޭ ކަންކަން:

(ހ) ސެލޫންތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ތިބެންވާނީ މާސްކްއަޅައި އަންގި ލައްވައިގެން؛

(ށ) ސެލޫންތަކުން ޚިދުމަތް ދިނުމުގައި އެޕޮއިންޓްމަންޓް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސާފައިހުރުން؛

(ނ) ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި ދެމެދު ގައިދުރުކަން ބެހެއްޓޭނެގޮތަށް އިންތިޒާމް ހަމަޖައްސާފައިހުރުން؛

(ރ) ކޮންމެ ކަސްޓަމަރަކަށް ޚިދުމަށް ދިނުމަށްފަހު ބޭނުންކުރާ ތަކެތި ޑިސްއިންފެކްޓްކުރުން؛

(ބ) ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއް ދިނުން؛

(ޅ) ފައިސާ ދެއްކުމުގައި އޮންލައިން އިންތިޒާމްތައް ހަމަޖައްސާފައި ހުރުން؛ އަދި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް (ބޭންކް ޓްރާންސްފަރ) ހަމަޖެހިފައިވާނަމަ، އެކައުންޓްގެ ތަފްޞީލު ފަސޭހައިން ފެންނާނެހެން ބެހެއްޓުން.

1 ކޮމެންޓް

ސަނީ މެއި 22, 2020

ފަސޭހައިން ލިބޭގޮތް ހަމަޖައްސަބަލަ