English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ވަރަށް މީރު ޑްރިންކެއް ތައްޔާރު ކުރާނެގޮތުގެ ރެސިޕީއެވެ. އެގޮތުން މިއަދު ގެނެސްދޭ ނެސްކްފޭ އައިސްޑް ކޮފީ މޯކާ އަކީ ރޯދާވީއްލާ ގަޑިއަށް އިންސާފުކޮށްލަން ތި އެންމެ ބޭފުޅުންނަށް އެންމެ މީރު އެއް ޑްރިންކަކަށް ވާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

4 ތަށްޓަށް:-

1 ސަމްސާ ނެސްކެފޭ ގޯލްޑް އޮރިޖިނަލް ކޮފީ

4 ޖޯޑު ކިރު

1/3 ޖޯޑު ޑްރިންކިންގް ޗޮކްލެޓް ޕައުޑަރ

ޗޮކްލެޓް ފްލޭކްސް ނުވަތަ ކުދި ރޯލް ގޮތަށް  ޗޮކްލެޓް ގާނާފައި

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ޖަގަކަށް 2/3 ޖޯޑް ހޫނުފެން އަޅާފައި ކޮފީ ގިރާލާށެޗެ. ދެން މީގެތެރެއަށް 1/2 ޖޯޑު ފިނިފެން އަޅާފައި އައިސް ކިއުބް ޓްރޭއަކަށް އަޅާފައި 6 ގަޑި އިރުވަންދެން ފްރިޖްގައި ބަހައްޓާށެވެ. ދެން ތަވައަކަށް ކިރު އަޅާފައި ކެކެންފެށުމުން ޗޮކްލެޓް ޕައުޑަރ އަޅާފައި ރަނގަޅަށް އެއްކުރާށެވެ. ފްރިޖްގައި ބެހެއްޓި ކޮފީ އައިސްކިއުބް ތަށްޓަށް އަޅާފައި އޭގެ ތެރެއަށް ކައްކާފައި ހުރި ޗޮކްލެޓް މިލްކް އަޅާށެވެ. އެއަށްފަހު ގާނިޝް ކުރުމަށް މައްޗަށް ގާނާފައި ހުރި ޗޮކްލެޓް އަޅާފައި ސާރވް ކުރާށެވެ.