English Edition
Dhivehi Edition

އައްޑޫސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެ ސިޓީގައި ޕޭސްޓްރީ ކޯހެއް މިއަދު ފަށައިފިއެވެ. ދިހަ ދުވަހަށް ކުރިއަށްގެންދާ ކޯސް ހިންގަނީ ހިތަދޫ ކޮމަންޑޫގޭގައެވެ. ކޯހުގައި ކިޔަވައި ދެއްވަނީ އައްޑުއަށް ނިސްބަތްވާ ޕޭސްޓްރީ ޝެފެކެވެ. އައްޑޫސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޖަމްޝީދާ މުހައްމަދު (މާހު) ވިދާޅުވީ މި ކޯހުގައި ޖުމްލަ 70 މީހުން ބައިވެރިވެފައިވާ ކަމަށެވެ. ކޯހުގައި ޖުމްލަ ވިހި ވައްތަރެއްގެ ޕޭސްޓްރީ ހަދަން ދަސްކޮށްދޭނެއެވެ. އެއީ ފޮނި ދިހަ ވައްތަރާއި، ކުޅި ދިހަ ވައްތަރެވެ. ޖަމްޝީދާ ވިދާޅުވީ މި ކޯހުގެ ބޭނުމަކީ ގޭގައި ތިބެގެން މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު އަންހެނުންނަށް ހޯދައިދިނުމެވެ. “މިއީ ރަނގަޅު އާމްދަނީއެއް ހޯދިދާނެ މަސައްކަތެއް. އެހެންވެ އައްޑޫސިޓީގެ ހަތްދިހަ އަންހެނުން ބައިވެރިކޮށްގެން މިއަދު ހެނދުނު ކޯސް މިފެށީ. ކޯސް ނިމިގެން ބައިވެރިންނަށް ހަދަނީ ލިޔުމެއްވެސް ލިބިގެންދާނެ،” އޭނާ ވިދާޅުވިއެވެ. އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ގެންދަނީ އަންހެނުނަނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް މިފަދަ ކޯސްތައް ހިންގަމުންނެވެ.