English Edition
Dhivehi Edition

ކޮވިޑް 19 އަށް ރާއްޖެއިން އިތުރު 43 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ޢާއްމުކޮށްފައިވާ ގޮތުން މިއަދު 10 ޖެހުމާ ހަމަޔަށް 43 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ބަންގްލަދޭޝް ގެ 28 މީހަކާއި އިންޑިއާގެ 4 މީހުންގެ އިތުރުން ނޭޕާލްގެ މީހެކެވެ.

މިމީހުންނާއެކު ކޮވިޑް 19 އަށް ރާއްޖެއިން ފައްސި ވި މީހުންގެ ޖުމްލަ ޢަދަދަކީ 1186 އެވެ. މިމީހުންގެ ތެރެއިން 91 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް 4 މީހަކު މިބަލީގައި ނިޔާވެފައިވެއެވެ.