Brazil in eh dhuvahun 17,000 ah vure gina meehun positive vejje - AO News Brazil in eh dhuvahun 17,000 ah vure gina meehun positive vejje

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
ބްރެޒިލްގައި އެންމެ ދުވަހަކުން 17 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ
3 ހަފްތާ ކުރިން

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ބްރެޒިލުން ބަލިޖެހުނު މީހުންގެ އަދަދު 17 ހާހަށްވުރެ އިތުރުވެ، މަރުވި މީހުންގެ އަދަދު ވެސް 1،100 އަށްވުރެ މައްޗަށް ހިނގައްޖެއެވެ.

Advt

Advertisement

އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބްރެޒިލުން 17،408 މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 1،179 މީހުން ވަނީ މަރުވެފައެވެ. މިއާއެކު، އެ ގައުމުން މިހާތަނަށް 18 ހާހާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު، ބަލިޖެހުނު މީހުންގެ އަދަދަކީ 271،628 އެވެ. އަދި އެ ގައުމުން މި ބަލި ޖެހިގެން މިހާތަނަށް 106،794 އެއްހާ މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ އިތުރުން މުޅި ދުނިޔޭގައިވެސް ކޮވިޑް-19 މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ބްރެޒިލްގައި މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ސައޮ ޕައުލޯގައެވެ. އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސައޮ ޕައުލޯ އިން އެކަނިވެސް 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މީގެއިތުރުން، ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބްރެޒިލްގައި އިތުރުވަމުން އައުމާއެކު، އެ ގައުމަކީ އެމެރިކާ އާއި ރަޝިޔާ އަށް ފަހު މުޅި ދުނިޔޭން މިހާރު ބަލިޖެހިފައިވާ މީހުން އެންމެ ގިނަ އަދަދަކަށް ތިބި ގައުމެވެ.

އޭގެނަތީޖާއެއްގެ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބްރެޒިލް ހިމެނޭ ލެޓިން އެމެރިކާ ސަރަހައްދުން އެ ގައުމާ ދެމެދު ކުރަމުން އަންނަ ދަތުރުފަތުރުތައް ހުއްޓުމަކަށް ގެންނަން ވިސްނާ ކަމަށް ވިދާޅުވެފައެވެ.

މުޅި ދުނިޔޭން މިހާތަނަށް 4.98 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މަރުވެފައިވަނީ 324،535 މީހުންނެވެ. އަދި މި ބަލިން މުޅީން ރަނގަޅުވި މީހުންގެ އަދަދަކީ 1،956،361 އެވެ.