“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސް ދެނީ ފޮނި އެއްޗެއް ތައްޔާރު ކުރާނެގޮތުގެ ރެސިޕީއެވެ. ރޯދަ ވީއްލާގަޑީގައި ކާލަން މީރު އަދި އެހާފަސޭހައިން ތައްޔާރުކޮށްލެވޭ މި ފޮނި ފޮޅިއަކީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ރެސިޕީއެއް ކަމަށް އުންމީދު ކުރަމެވެ.
ބޭނުންވާތަކެތި:
5 ބިސް
1 ސަމްސާ ފުށް
1 ސަމްސާ ކާށި ކިރު
ބައިޖޯޑު ގެރިކިރު
1 ސަމްސާ ވެނީލާ އެސެންސް
ބޭނުން ކުލައެއް (ފުޑްކަލާ)
ތައްޔާރުކުރާނެގޮތް:
ތަށްޓަކަށް 5 ބިސް އެޅުމަށްފަހު ހޭންޑް މިކްސަރުން ގިރާލާށެވެ. ދެން ގެރިކިރު އަދި ފުށް ސަމްސާވެސް އަޅާފައި ގިރާލާލާށެވެ. އެއަށްފަހު ކާށިކިރު، ވެނީލާ އެސެންސް އަދި ކުލަ އަޅާފައި ގިރާލާށެވެ. ދެން ތަވާ އުނދުން މައްޗަށް އުދާފައި ހޫނުވެލީމާ ތެޔޮފޮދެއް ހާކާފައި ތުނިކޮށް ފޮޅި އަޅާފައި ރޯފިލަން ފެށީމަ ދޭފަތުން ރޯލެއްގޮތަށް އޮޅާލާށެވެ. ތައްޔާރުކުރި ފުށް ހުސްވަންދެން މިގޮތަށް ފޮޅިއަޅަމުންދާށެވެ.