ރާއްޖެއިން އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް އިތުރު 19 ދިވެހިންނާއި ބަންގްލަދޭޝްގެ 22 މީހުންނާއި، ނޭޕާލްގެ 02 މީހަކާއި އިންޑިއާގެ 04 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
✳️ COVID-19 Case Updates
As of 06:00pm:
Confirmed an additional 47 cases of COVID-19 infection in Maldives.
Cases:
– 19 Maldivians
– 22 Bangladeshis
– 02 Nepalese
– 04 IndiansTotal number of cases: 1078
— Health Protection Agency (@HPA_MV) May 16, 2020
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1078 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން 699 ބިދޭސީންނާއި 379 ދިވެހިން ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 557 ބަންގްލަދޭޝް މީހުން ވަނީ އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 49 މީހުން ރަނގަޅުވެފައިވާއިރު، އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
އެގޮތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރޭގައި 83 އަހަރުގެ ދިވެހި އަންހެނަކާއި، ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރި ބަންގްލަދޭޝް މީހަކާއި، 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ، ހުސައިން ޢަބްދުﷲ ހިމެނެއެވެ.
މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު މެއި 28ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.