English Edition
Dhivehi Edition

ދުނިޔޭގެ ކަންކޮޅުތަކުގައި ނުރައްކާތެރި ކޮރޯނާ ވައިރަހާއި ހަނގުރާމަ ކުރުމާއިގެން އެންމެން ހަމަ ނޭވާ ނުލެވި އުޅެމުންދާއިރު ދުނިޔެއަށް އަލިކޮށްދިނުމުގައި މެދުވެރިއަކަށްވި ” އިރު ” ވެސް މިވަނީ ޙަރަކާތް މަޑުޖެހި ލޮކްޑައުން ގެ ޙާލަތަށް ގޮސްފައެވެ. 2020 ވަނަ އަހަރު ފެށިގެން މިހާތަނަށް 120 ދުވަސް ފާއިތުވެފައިވާއިރު އެންމެ ސަންސްޕޮޓެއްވެސް އަދި ޖައްވީ މާހިރުންނަށް ފެނިފައެއްނުވެއެވެ. އެހެންކަމުން އިރުގެ މި ބަދަލް ވެފައިވަނީ ގިނަ ކަންތައްތަކަކަށް މަގު ހުޅުވިގެންދާނެ ފަދަ ސޯލާ މިނިމަމްއެއްގެ ފެށުމަކަށެވެ.

ސަންސްޕޮޓަކީ ކޯޗެއް:

އެއީ އިރުގެ ބޭރު ފަށަލާގައި ހިނގާ ދަގަތްފާނުގެ ޙަރަކާތްތަކަކުން އުފެދޭ ބައިތަކަކަށް ކިޔާ ނަމެކެވެ. ބަލާބެލުމަށް ކުދި އުން ތަކެއްހެން މިސަންސްޕޮޓްތައް ފެނުނު ކަމުގައިވިޔަސް މިއީ ވަރަށް ބޮޑު ބިޔަ ބައިތަކެކެވެ. 1838 ން ފެށިގެން ކޮންމެ ދުވަހަކު ސައިންސްވެރިން ދަނީ މިސަންސްޕޮޓްތައް ގުނާ ޢަދަދުކޮށް ދިރާސާ  ކުރަމުންނެވެ. އެތަކެތީގެ ބައްޓަމާއި ޢަދަދުތަކުގެ ޒަރީޢާއިން އިރުގެ ފަށަލައާއި ބެހޭ ގިނަ ހޯދުންތަކެއް އެމީހުން ހޯދައެވެ.

ސޯލާ ސައިކަލް އަކީ ކޯޗެއް:

އެވްރެޖް ގޮތެއްގައި 11 އަހަރުގެ ތެރޭ އިރު އޭގެ އަމިއްލަ ޒާތުގައި ބުރެއް ހަމަ ކުރެއެވެ. މިއަހަރަކީ އެދައުރު ހަމަވާ ބުރުގެ އެންމެ މަތީ ހަރުފަތެވެ. ޕީކް ނުވަތަ ސޯލާ މެކްސިމަމް އޭ މިކިޔާ ދުވަސްވަރެވެ. އޭގެ މާނައަކީ މާގިނައިން އިލެކްޓްރޮން އާއި ޕްރޮޓޯން އިރުން އުފައްދައި ދިނުމުގެ ސަބަބުން ބިޔަ އަލިފާން ކަނިތައް ބުރައިގެން ދާނެއެވެ. ސަންސްޕޮޓްތައްވެސް އެންމެ ގިނަވާނެ ކަމަށް ބެލެވެނީ މިދުވަސްވަރުއެވެ.

ސޯލާ މިނިމަމް އަކީ ކޮބާ؟

ސޯލާ މެކްސިމަމް ގައި އެތައް ބައިވަރު ސަން ސްޕޮޓްތައް ފެންނަން ހުންނަ އިރު މިސްޕޮޓްތައް އެންމެ މަދުން ފެންނަ ދަނޑިވަޅަކީ ސޯލާ މިނިމަމްއެވެ. މިހާރު ދުނިޔެ މި ކަޑައްތު ކުރަނީ ސޯލާ މިނިމަމްގެ ޙާލަތެވެ. އެހެންނަމަވެސް އިރު ސޯލާ މިނިމަމް ގައި މިހާ ގިނަ ދުވަހަށް ހުރުން މިއީ ވޭތުވެދިޔަ 100 އަހަރުގެ ތެރޭވެސް އަދި ނުފެންނަ ވަރުގެ ކަމެއްކަމަށް އެސްޓްރޮނޯޓުން ބުނެއެވެ.

ކަންމިހެން އޮވެމެ މިއީ އެއްވެސް ޙާލެއްގައި އިރުގެ އަލި ކަމަށް ބުރޫ އަރާފަދަ ކަމަކަށްނުވިޔަސް ސޯލާ މިނިމަމްގެ ސަބަބުން ދުނިޔެއަށް އެކި ގޮތްގޮތުން އަސަރުކުރާ ކަމަށް ސައިންސްވެރިން ލަފާ ކުރެއެވެ.

ދުނިޔޭގެ މޫސުމަށް ބަދަލުއައިސް ބިންހެލުން ގިނަވެ ފިނިހޫނުމިން ދަށްވާ ކަމަށް އެއްބަޔަކަށް  ފާހަގަ ކުރެވޭއިރު މިއީ ބައެއް ޢިލްމުވެރިންގެ މެދުގައި  ޚިޔާލުތަފާތުވެ މިހާރުވެސް ބަޙުޘް ކުރެވެމުން އަންނަ ބޮޑު މައުޟޫއެކެވެ.

މުވާސަލާތީ ޚިދުމަތްތަކަށް ބުރޫއަރައި ސެޓެލައިޓްތައް ދައުރުވާ އޯބިޓުން ނެއްޓި ދުނިޔެއަށް ވެއްޓުންފަދަ ކަންތައްތަކުގެ އަސްލަކަށް މިކަން ވެފައިވެއެވެ. ސޯލާ މިނިމަމްގައި އިރުން ބިމަށް ދަމާ ބާރު އުފެދޭ ދަގަތްފާނުގެ ނިޒާމު ބަލިކަށިވެޖައްވުގައިވާ ވިހަ ގޭސްތައް އިރުގެ ފަށަލަ ފޫއަޅުވާލައެވެ. މިއީ ޖައްވުގައި ދަތުރުކުރާ އެސްޓްރޮނޯޓުންނަށްވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމަކަށްވެއެވެ. ސޯލާ މިނިމަމްގެ ސަބަބުން ދުނިޔެއާއި ގުޅިފައިވާ  އެތައް ކަމަކަށް ބޮޑެތި ބަދަލުއައިސް މިފަދައިން  ހަކަތަ ދަށްވިނަމަވެސް ދުނިޔެއަށް އަލިކޮށްދީ ރެއާއި ދުވާލު ފާހަގަކޮށް ވަކި ކޮށްދިނުމުގައި އިރު އަދާ ކުރަމުންދާ ވާޖިބަށް މިކަމުން އެއްވެސް ހުރަހެއް އެޅޭނެކަމަކަށް ނުބެލެވެއެވެ.

މަސްދަރު: spaceweather.com

https://www.youtube.com/watch?v=kBKJkU06ICQ