English Edition
Dhivehi Edition
ފުށިފަރު ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރ ހަނާ މުޙައްމަދު

ފުށިފަރު ކަރަންޓީން ފެސިލިޓީގެ ކޮމާންޑަރަކަށް އަންހެން ބޭކަނބަލަކު ހަމަޖައްސައިފިއެވެ. މިމަޤާމަށް ހަމަޖެއްސެވީ އެމްއެންޑީއެފްގެ އަންހެން އޮފިސަރެއްކަމަށްވާ ކެޕްޓަން ހަނާ މުޙައްމަދެވެ.

އެންއެންޑީއެފް ގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިންބާހިމް އާޒިމް ވިދާޅުވީ ހަނާ މިމަޤާމަށް ޢައްޔަން ކުރުމަކީ މިންތީގެ ހަމަހަމަ ކަމާއެކު ދިވެހި އަންހެން ސިފައިންވެސް އިސްސަފުގައި ފައިތިލަ ސާބިތު ކުރާ ކަމުގެ ރަމްޒެއް ކަމަށެވެ.

އަލިފާން ނިއްވުމުގައި އަންހެން ސިފައިން ޙަރަކާތްތެރިވަނީ

ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ އިސް ވެރިޔާ ކަމަށްވާ ޑިފެންސް މިނިސްޓަރަކަށް ހުންނަވަނީ ވެސް އަންހެން ބޭކަނބަލެކެވެ. އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އެމަޤާމާއި ޙަވާލުވެ ވަޑައިގެންނެވި ފަހުން އެމްއެންޑީއެފްގެ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެންނަވާ އެމުއައްސަސާގައި އަންހެނުންނަށް އޮތް ފުރުސަތުތައް ވެސް އިތުރަށް ފުރާކޮށް ހަރުދަނާ ކުރައްވާފައިވެއެވެ.