English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ކެރެޓް ހަލުވާ ތައްޔާރު ކުރާނެގޮތުގެ ރެސިޕީއެވެ. ކެރެޓް ހަލުވާ އަކީ ހަށިގަނޑަށް ފައިދާހުރި މީރު ފޮނިކާއެއްޗެކެވެ. ކެރެޓް ހަލުވާ އަކީ ކެއުމަށްފަހު ޑެޒާޓަކަށް ބޭނުންކޮށްލަން ވަރަށް ރަނގަޅު އެއްޗެކެވެ.

ބޭނުންވަތަކެތި:

4 ޖޯޑު ކެރެޓު (ގާނައިފައި)

12 މޭޒުމަތީސަމުސާ ހަކުރު

4 ޖޯޑު ދިޔާ ކިރު (ފުލް ކްރީމް)

1 މޭޒުމަތީސަމުސާ ގިތެޔޮ

10 ކަޖޫނަޓު (މެދުން ފަޅި ކޮށްފައި)

ބޭނުންވާތަކެތި:

ބައި ސައިސަމުސާ ގިތެޔޮ ހޫނު ކުރުމަށް ފަހު، ގިތެޔޮކޮޅު ވިރުނީމައި ކަޖޫނަޓު އަޅައިގެން މަޑު ގިނީގައި ތެއްލުލާށެވެ. ކެޖޫނަޓަށް ގޯލްޑެން ބްރައުންކުލަ އެރީމަ ނަގާފައި ޓިޝޫއެއްގެ މަތީގައި ފަތުރާލާށެވެ.

ތެއްޔަކަށް ކެރެޓު އެޅުމަށް ފަހު، ކިރުއަޅައި، މަތިޖަހައިގެން މަޑު ގިނީގައި ކައްކަމުންދާށެވެ. ކިރުފޮދު ހިނދެންފެށުމުން ބާކީ ހުރި ގިތެޔޮ އަދި ހަކުރު މީގެ ތެރެއަށް އަޅާފައި، ހަކުރުކޮޅު ރަނގަޅަށް ވިރެންދެން ކައްކާށެވެ. ކިރު އެއްކޮށް ހިންދެންދެން ކައްކާނީ މަޑުގިނީގައެވެ. ކިރު ހިދެންފެށީމަ ކެޖޫނަޓް އަޅައި ތަވާ އުނދުންމަތިން ބާލާފައި ހަލުވާ ތައްޓަކަށް އެޅުމަށްފަހު މައްޗަށް ގާނިޝްކުރުމަށް ކެޖޫނަތު އަދި މޭބިސްކަދުރު އަޅާލުމަށްފަހު ސާރވްކުރާށެވެ.