English Edition
Dhivehi Edition

މީހުން ބުނާ އަޑު އިވެއެވެ. މާލޭގައި އެންމެ ގިނައީ އައްޑޫ މީހުންނެވެ. އެމީހުންގެ ވިޔަފާރިތަކެވެ. ބޮޑެތި ކުންފުނިތަކެވެ. ހޮޓާތަކާއި ރެސްޓޯރެންޓް ތަކެވެ. ވަޒީފާތަކުގައި އެތަކެއް މީހުންނެވެ. މާލޭގައި ބޮޑު ކުލި ދައްކައިގެން ދިރިއުޅޭތާ ގިނަ ދުވަސްވެފައިވާ މީހުންނެވެ. އަމިއްލަ ގެދޮރު ހުރެމެ ވީރާނާވާން ދޫކޮށްލެވި މުޅި އުމުރު ކުލީގެ އިމާރާތެއްގައި ދިރިއުޅޭ އާއިލާތަކެވެ. ސަބަބުތައް ވެސް ބައިވަރެވެ.

އައްޑޫގައި މީގެ ކުރިން ފެންވަރު ރަނގަޅު ތައުލީމު ދޭ ތަންތަން ނެތުމަކީ ހިޖުރަކުރި ބައެއް މީހުން އަމިއްލަ ވަޒަން ދޫކޮށް ދާން ޖެހުނު އެއްސަބަބެވެ. ނަމަވެސް މިހާރު ވެރިރަށް މާލެއެކޭ އެއްފަދައިން މިތަނުން ތައުލީމު ދެވެން އެބަހުއްޓެވެ. އައްޑޫގެ ސްކޫލްތަކުގައި ކިޔަވައިގެން މަތީ ވަނަތައް ހާސިލް ކުރާ ކުދިން ގިނައެވެ. ޔުނިވަރސިޓީތަކާއި ކޮލެޖްތައް އެބަހުއްޓެވެ. އެތަންތަނުން ދަސްވެނިވާ ދަރިވަރުން ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުންނެވެ. މާލޭގައި ބޮޑެތި އަގުތަކުގައި ތަންތަނަށް ކުލި ދައްކައިގެން ކިޔަވަން ތިބުމަށް ވުރެ އަމިއްލަ އާއިލާއާއި ގާތްތިމާގެ މީހުންނާއި އަދި އަމިއްލަ ވަޒަނުގައި މުޅިން “ހިލޭ ” ދިރިއުޅެގެން ކިޔަވާނެ ފުރުސަތު މިއޮތީ ފަހިވެފައެވެ. އެހެންކަމުން މި ސަބަބަށްޓަކައި ހިޖުރަ ކުރާ އާއިލާތައް އެނބުރި އަންނަން މިއޮތީ ފުރުސަތެކެވެ.

އެދެވޭ ސިއްހީ ފަރުވާ ދެވެން ނެތުމަކީ އަމިއްލަ ވަޒަން ދޫކޮށް ވެރިރަށް މާލެއަށް އައްޑޫގެ ގިނަ ބަޔަކު ބަދަލުވާން ޖެހުނު އެއް ސަބަބެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު އައްޑޫގައި މުޅިން އަލަށް ޚިދުމަތް ދޭންފެށި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލާއެކު ގިނަ ބައެއްގެ އުއްމީދު މިވަނީ އާވެފައެވެ. އެންމެ ޒަމާނީ ވަސީލަތްތައް އެތަނުގައި އެބަހުއްޓެވެ. މިހާތަނަށް އެ ހޮސްޕިޓަލުގައި ކާމިޔާބު ބޮޑެތި އޮޕަރޭޝަން ތަކެއް ކޮށްފިއެވެ. އެތަނުން ބޮޑެތި ބަލިބައްޔަށް ފަރުވާ ދެވެއެވެ. އުނިވަނީ އެންމެ ކަމެކެވެ.  އެއީ މިތަކެތި ބޭނުންކުރާނެ ފެންވަރު ރަނގަޅު ގާބިލް މީހުންނެވެ. މާލޭގެ ކުލިނިކު ތަކާއި ހޮސްޕިޓަލް ތަކުގައި އައްޑޫއަށް ނަން ކިޔޭ މަޝްހޫރު ގިނަ ޑޮކްޓަރުންނާއި ނަރުހުން ތިބި އިރު މި ހޮސްޕިޓަލް އެދި ގޮވަނީ އެފަދަ ސްޕެލިސްޓުންނަށެވެ. އައްޑޫގެ ރައްޔިތުން މަސައްކަތް ކޮށްފިނަމަ މިއީ ދެކުނުގެ އެންމެ ވަރުގަދަ އެއް ހޮސްޕިޓަލަށް ވެގެންދާތަން ފެނުން ދުރެއްނުވާނެއެވެ. އޭރުން ބޭސްފަރުވާއަށްޓަކައި މިހާރު ކުރަން ޖެހޭ ޚަރަދާއި މާލެ ގޮސް ގަނަ ތެޅެން ޖެހޭ ޖެހުން ހުއްޓުމަކަށް އަންނާނެއެވެ.  އަމިއްލަ ވަޒަނުގައި އަމިއްލަ ގޭގައި އުފަލުގައި ތިބެގެން ބޭސްފަރުވާ ކުރެވޭނެއެވެ.

ގިނަ ޒުވާނުން ބުނާ އަޑު އިވެއެވެ. ރަށުގައި ތިބެގެން އަދާ ކުރެވޭނެ ވަޒީފާއެއް ނެތެވެ. ހުރިހާ ކަމެއް ހުރީ މާލޭގައެވެ. ނަމަވެސް އެއީ ހަމަގައިމުވެސް މީގެ ކުރިންނެވެ. މިހާރު ބޮޑެތި އޮފީސް ތަކާއި އަމިއްލަ މީހުންގެ ކުންފުނިތައް އައްޑޫގައި ގިނައެވެ. ނުވިތާކަށް އަމިއްލައަށް މަސައްކަތް ފަށައިގެން ކުރިއެރުން ހޯދާ މީހުންވެސް ދަނީ ފެންނަމުންނެވެ. އައްޑޫގައި 4 ރިސޯޓު އެބައޮތެވެ. ރިސޯޓުތަކަށް ދިވެހި މުވައްޒަފުން ބޭނުމެވެ. އިމާރާތް ކުރުމާއި މަސައްކަތް ތެރިކަން މިތަނުގައި އެބަ އޮތެވެ. ދަނޑުވެރިކަމާއި އުފެއްދުންތެރިކަމެވެ. މަސްވެރިކަމާއި އެހެނިހެން އިތުރު މަސައްކަތްތަކެވެ. ވަޒީފާ އަކީ ހަމައެކަނި ޓައީ އަޅާލައިގެން، ފުނިޖެހިފައިވާ މާލޭގައި ކުލީ ކޮޓަރިއެއްގައި ދިރިއުޅެގެން އަދާ ކުރެވޭ އެއްޗެއްކަމުގައި ދެކުމަކީ ކުށެކެވެ. އޭގެ ބަދަލުގައި އަމިއްލަ ވަޒަނުގައި އާއިލާއާއި އެކީ ހަމަޖެހިލައިގެން ވަޒީފާ އަދާކޮށްގެން ލިބޭ ލާރިކޮޅުން އުފާވެރި ދިރިއުޅުމެއް ވޭތި ކުރެވެން މިއޮތީ ފުރުސަތެވެ. އަމިއްލަ ރަށުގައި ވަޒީފާ އަދާކޮށްގެން ދިރިއުޅޭ ޒުވާނުން ރަނގަޅު ފެންވަރުގައި ގެ ހަދާލައިގެން އަގުބޮޑު ކާރުތަކުގައި އުޅޭއިރު މާލޭގައި ވަޒީފާ އަދާކޮށް ބޮޑެތި މުސާރަ ލިބޭމީހުންގެ އަތުގައި އެއްޗެއް ނޯންނަ ކަމީ ގަބޫލު ކުރަން ބޭނުންނުވިޔަސް ހިތި ހަގީގަތެވެ. މަދު ބަޔަކު ރަނގަޅު ފެންވަރުގެ ތަންތަނުގައި ދިރިއުޅުނު ކަމުގައި ވިޔަސް ގިނައީ އަނބިދަރިން ނަށް ދިރިއުޅޭނެ ރަނގަޅު މާހައުލެއް ހޯދައި ނުދެވޭ މީހުންނެވެ. މުޅި އާއިލާ ކުޑަ ގޮޅިއެއްގައި ބަންދުވެގެން، މުޅި ދިރިއުޅުން ކުލީގެ ހާސްކަމެއްގައި ދިރިއުޅުމުގެ ބަދަލުގައި އަމިއްލަ ވަޒަނުގައި ހަމަޖެހިލައިގެން އުޅެން އަންނަންވީއެވެ!

ވިޔަފާރިވެރިންގެ ޝަކުވާ އަކީ އައްޑޫގައި ވިޔަފާރި ނުވެވެނީ ތަނުގައި މީހުން މަދުކަމުން ކަމެވެ. މާލޭގައި ކާމިޔާބު ކަމާއެކީ ވިޔަފާރި ވެވެނީ އެތަނުގައި މީހުން ގިނަވީމައި ކަމެވެ. އައްޑޫގެ އާބާދީގެ ބޮޑު ބައެއް މާލެއަށް ބަދަލުވެ މާލޭގައި ދިރިއުޅުމަށް ވިސްނުމަކީ އައްޑޫގައި ވިޔަފާރި ކުރި ނާރައިގެން އުޅޭ ސަބަބު ކަމެވެ.

ކޮވިޑް 19 އާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި މާލޭގައި ކުއްޔަށް ތިބި ތަންތަނުގެ ކުލި ދެއްކޭނެ ގޮތް ނުވެ ތަނުން ނެރެލާނެ އިރެއް ނޭނގޭ ހާލުގައި ތިބި އިރު މިއީ ރަނގަޅު ފުރުސަތެކެވެ. އަމިއްލަ ވަޒަނަށް އެނބުރި އައުމެވެ. މިތަން ތަރައްގީކޮށް ކުރިއަރުވަން ތިމާއަށް ވެވުނު ވަރަކުން މަސައްކަތް ކުރުމަށެވެ.

ތަނަށް ކުރިއެރުވުމަށް ބޭނުންވަނީ ތަނުގެ އަހުލުވެރިން އެނބުރި އައުމެވެ. މީހުން ގިނަ ވުމުން ވިޔަފާރިވެރިންނަށް ހިތްވަރު ލިބޭނެއެވެ. އިންޓަނޭޝަނަލް އެއާޕޯޓެއް އެބައޮތެވެ. އެތަނުން އައްޑޫގައި ތިބެފައި ބޭނުންތަނަކަށް ދަތުރުކުރެވޭނެ ފުރުސަތު އޮތީ ފަހިވެފައެވެ. ވިޔަފާރިވެރިންނަށް އެއްވެސް ދަތިކަމެއް ނެތި މުދާއެތެރެކޮށް ވިޔަފާރި ކުރިއަރުވައި އެންމެން އެކީގައި އައްޑޫ ތަރައްގީ ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށް އިގުތިސާދު ކޮޅަށް ޖެހުމަށް މަސައްކަތް ކުރެވިދާނެއެވެ. ފަޅުވެ ވީރާނާ ވެފައި ހުރި ގެތަކަށް ދިރުން ގެނެސް އެގެތަކުގައި “އަގަކާ ނުލައި” ދިރިއުޅެވިދާނެއެވެ.

އައްޑޫ ތަރައްގީ ކުރެވޭނީ އައްޑޫ މީހުންނަށެވެ. ތަންތަނުގެ ފިނިކޮޓަރި ތަކުގައި ތިބެގެން އައްޑޫ ތަރައްގީ ނުވާކަމަށް ބުނެ މީސްމީޑިއާގައި ލިޔުމަކުން އަދި ފުދެވެން ނެތެވެ. ގެންނަންވީ އަމަލީ ސިފައެވެ. އިރެއްގައި އިނގިރޭސިންގެ ދުވަސްވަރު އޮތް ފަދަ އައްޑޫއެއް މިހާރުވެސް ގެނެވިދާނެއެވެ. ނުވަތަ އެއަށްވުރެ ފުރިހަމަ އައްޑޫއަކަށް ވެސް ހެދިދާނެއެވެ. ކޮވިޑް 19 އާއި ގުޅިގެން ދިރިއުޅުމަށް އައިސްފައިވާ ބަދަލާއެކު މިފަދަ ބަދަލަކަށް އަންނަން އެންމެން ވިސްނަން ވީއެވެ! ޝަކުވާ ކުރުމުގެ ބަދަލުގައި އެމީހަކަށް ވެވުނު މަސައްކަތެއް ކުރަންވީއެވެ!

 

 

 

9 ކޮމެންޓް
މަ މީ މަ
މެއި 11, 2020
އައްޑޫ މީހުން މިދުވަސްކެޑާއި ތިބިތަނި އެތިބެއު. ބަލި އޮއްތަނި ތިބިމީހުން ތިބިތަނި އެތިބެއު. ރަށައް އޭނެކަމައްނެއް.. ދީނީގޮތުނަސް އެކަން އޮންނެއި އެގޮތައްކަމައް ވެނީ
ދީދީ
މެއި 11, 2020
އަހަރެންގެ ރަޙްމަތްތެެރި ޗައިނާ މީހެކެވެ. އުރުރު ރަށެއްގައި ގެސްޓްހައުސްއެއް ދިވެއްސެއް ހިއްސާވާ ގޮތަށް ފިޔަފާރި ކުރަމުން ދަނިކޮށް ، ގެސްޓްހައުސް ޢިމާރާތުގެ ބިމުގެ ވެރިފަރާތުން ޢަމަލު ކުރާގޮތުން ، އެނާ ބޭނުންވީ އައްޑޫގައި ގެސްޓުއައުސްއެއް ހަދާށެވެ. އަހަރެންނަށްވެސް ވިޔަފާރި ފުރުޞަތު ދިނުމުގެ ނިޔަތުގައިވެސް މެއެވެ. އެކަމަކު ޝަރުޠަކަށްވީ އަހަރެންގެ ނަމުގައި އޮތް ބިމަކަށްވުމެވެ، އަހަރެންގެ ނަމުގައި ރަޖިސްޓްރީވެފައިވާ ބިމެއް ރަގަޅު ލޮކޭޝަނެއްގައި ނެތީމައި ތަނެއް ގަތުމަށެވެ. އެގޮތުން މީހަކާއި އެކު އެއްބަސްވުމެއް ހަދައި ބިމެއް އަތުމަށް މިލްކުވެރިކަން ބަދަލު ކުރުމުގެ މައްސަލަ ހިތަދޫ ކޯޓަށް އަހަރެން ހުށަހަޅައިގެން މައްސަލަގެ ކައުންސިލާއި ކޯޓާއި ދެމެދުގައި ދުވެދުވެ ހުއްޓާ ޗައިނާމީހާ ފޫހިކޮށްލާފައި ގޮސް އިންވެސްޓްކުރީ ސީޝެލްސްގައެވެ. މައްސަލަ ނިމުނީ 03 އަހަރު ފަހުންނެވެ.
އިސްމާޢިލް
މެއި 11, 2020
ކޯޓުން މައްސަލަ ނިންމުން ލަސްކަމުން އަހަރެން ކުރަން އުޅުނު ގިނަކަންތަށް ހުއްޓާލިން ، ފޫހިކޮށްލި ، ޝަރުޢީ ނިޒާމު ހަރުދަނާވެ އަވަސްވާންވެއްޖެ އޭރުން ވިޔަފާރިކަންކަން ކުރުުމަށް މީހުން ޖެހިލުމެއް ނުވާނެ ، ޙައްޤުކަށަވަރުވާނެ
ސަޢީދު
މެއި 11, 2020
އައްޑޫއަށް އެނބުރިދާން ބޭނުން މީހުން އެބަތިބި ، ގޮސްކުރާނެ ކަމެއް އާމްދަނީއެއް ލިބޭނެ ކަމެއް އޮތީޔާ ، އަހަރެންވެސް އައްޑޫގައި ގުޅިފައިވާ ރަށަކުން ބިމެއް ހޯދިން އެތަނުން އާމްދަނީއެއް ހޯދުމުގެ ނިޔަތުގައި ނަމަވެސް އެެތާ ކޯޓަށް މިލްކުވެރިން ބަދަލުކުރަން ހުށަހަޅައިގެން އުޅޭތާ މިހާރު 02 އަހަރުވަނީ އަދިވެސް އެކަމެއް ނުވޭ ، މިލްކުވެރިކަން ބަދަލުވި ނަމަ ކޮންމެވެސް އިޤްތިޞާދީ މަސައްކަތެއް އަހަރެންނަށް މިހާރު އެތާގައި ފެށުނީސް ، އަދި ހަމައެންމެ މަންމަގެ ގޯތި ހިބައިން ދިނުމުގެ މައްސަލައެއްވެސް ކޯޓަށް ހުށަހެޅިތާ 03 އަހަރުވަނީ އަދިވެސް މައްސަލައެއް ނުނިމޭ ، ގޭގައި އެއް އާޢިލާއަކަށް ވުރެން ގިނަ ޢާއިލާ އޮތް އިރު ކޮންމެ އާއިލާއަކުންވެސް ބިން ކަށަވަރުވުމުން އިޤްތިޞާދީ މަސައްކަތެއް ކުރުމަށް ޤަސްތުކުރޭ ، މައްސަލަ ލަސްވަނީ ކީއްވެހޭ ، ކޯޓުން ސުވާލުކުރުމުން ، ކައުންސިލުން ޖަވާނު ނުލިބިގެން ، ނުވަތަ ކޯޓުގެ ޤާޟީ ސަލާމުގައި މިހެންގޮސް ބުނޭނެކަމެއް ނެތް ، އެކިއެކި ވާހަކަ . އެހެންވީމަ ކައުންސިލުގެ ރޯލު ، ކޯޓުގެ ރޯލު ބޮޑު ..
ސުހައިލު
މެއި 11, 2020
ޝިލްމާ އަޙްމަދުގެ ލިޔުން ކިޔާލާފައި އަހަރެން ދިޔައީ ގައިން ހީބި ނަގައިގެންނެވެ. އައްޑޫއަށް މުޅިގެން އައުސަފްޙާއެއް ހުޅުވުނީ ކަމުގައި ހިތާއެވެ. މަލެ ދަރިނަށް ތަޢުލީމާއި ވަޒީފާގެ ބޭނުމުގައި ހިޖުރަ ކުރި ގިނަމީހުން މިހާރު ތިބީ ބޮޑެތި ވިޔަފާރިތަކެއް ކޮޅަށް ޖަހާފައެވެ. އެމީހުންގެ އެކިއެކި ރޮނގުންނެވެ. ގިނަ މީހުންގެ އަތުގައި އަމިއްލަ ބިންމާއި ގޯއްޗާއި ފްލެޓް އެބަހުއްޓެވެ. ގިނަ އަދަދެއްގެ މީހުން ދިގުމުއްތަށް ތަންތަން ހަދައިވަނީ އިންވެސްޓްކޮށްފައެވެ. ޢުމުރު ދުވަހުކުރި މަސައްކަތް ދޫކޮށްލާފައި އެނބުރި ގިނަ ބައެއް ދާންބޭނުމެއް ނުވާނެއެވެ. އަނބުރާދާނީ ކައުންސިލްގައި ތިބި މީހުންނާއި އައްޑޫގެ ޖުޑިޝަލް ދާއިރާ ހަރުދަނާވީ މައެވެ. މުހެން މިބުނަނީ ގޯތި ގެދޮރުގެ މައްސަލަތައްވެސް ލަސްވެ އިންތިހާއަށް ލަސްވަނީއެވެ. ނަތީޖާއަކީ މީހުން ފޫހިވުމެވެ. އިނވެސްޓު ނުކުރުމެވެ. މިކަހަލުގެ އެތަށް ސަބަބެކެވެ. އެހެންވީމާ އައްޑޫ މީހުން އެނބުރި ވަޒަނަށް އައުމުގެ ޝަޢުޤުވެރިވާ ކަންކަން އައްޑޫއިން ފެންނަން އެބަޖެހެއެވެ. ގޮސް ކުރާނީ ކޮންކަމެއްކަންވެސް އެނގެންޖެހެއެވެ. މާލެއަކީ ހުރިހާކަމެއް ކުރުމަށްވެސް ރަށްރަށުން މީހުން އައިސް ތިއްޖެހޭ ތަންތަނެވެ. އިޤްތިސާދީ ހުރިހާކަމެއް ފަހިވެފައި އޮންނަ ތަނެވެ. ލިޔުއްވާ އިރު މިކަންކަންވެސް ބައްލަވާ
Holhi
މެއި 11, 2020
They huss beykaaro vaahaka addu sihee fenvaroh oh hisaabu vara rangalhaa enmena fengen ebege midhaakan
Biss
މެއި 11, 2020
Addu meehun nudhaane vazanaka. Gaumuga thibi musadhin thereyga ves ginaee addu meehun. Midhuvas varu rashah kameh koh dhin meehaku nei. Saru kaarun hurihaakameh. Addu meehun emburi vazana dhaane gothakee ebai meehun geyga thibaa sarukaarun laari dheyn feshun
meeha
މެއި 11, 2020
addu meehakah viyas gos vannaakah thaneh nei..vazeefaa eh nei dhen kihineh dhaanee?
ހަރު
މެއި 11, 2020
ވަޒަނަށް އައިސް ދެއަތް ތަޅާލާފަ ގޭގަތަ އޮންނަންވީ. ވަޒަނަށް ގޮސް ކުރާނެ ކަމެއްވެސް ލިޔެލިނަމަ. ހެޑްލައިން ހެދިޔަސް ކަމަކު ނުދާނެ.