English Edition
Dhivehi Edition

އައްޑޫސިޓީގައި 14 ދުވަހުގެ މުއްދަތަށް އިއްޔެ އިއުލާން ކުރި ލޮކްޑައުން އުވާލައިފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ މެއި 9 ވަނަ ދުވަހު އައްޑޫ ކަރަންޓީނު ކޮށްފައިވީ ނަމަވެސް އާންމު ސިއްހަތުގެ ރައްކާތެރިކަމުގެ 12 ވަނަ މާއްދާގައި ކަނޑައެޅުނު ކަން ކަން ބެލުމުން ކަރަންޓީނުގެ ހާލަތު ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން 10 މެއި އިން ފެށިގެން ކަރަންޓީނު އުވާލާ ކަމަށެވެ.

އައްޑޫސިޓީ ކަރަންޓީނު ކޮށްފައިވަނީ އިއްޔެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ހާޓްއެޓޭކެއް ޖެހިގެން ގެންދިޔަ މީހަކު އިތުރު ފަރުވާއަށް މާލެ ގެންގޮސް އައިޖީއެމްއެޗް އިން ހެދި އެމީހާގެ ފުރަތަމަ ޓެސްޓް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން ނެވެ. ނަމަވެސް އޭގެ ފަހުން ނެގި ސާމްޕަލް ތަކުން އެމީހާގެ ބައްޔަށް ޕޮޒިޓިވް ވެފައި ނުވާކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

2 ކޮމެންޓް
hhhh
މެއި 10, 2020
hahaha vaanuvaaga
ައައްޑޫމީހާ
މެއި 10, 2020
ހެއުނިވޭހެއް އިވޭހެއި އަޑަތަކަށް ވިސްނަފެއި ހަބަރަ ނިލޭފެލެ. މިއޮއްފަދަ ޒަމާނެ ހެއު ސައްހަ މައުލޫމާތު ހޯދަފެއި ހަބަރަ ލިއުން މުހިންމު. ހޮސްޕިޓަލަށް ބަލިމީހާ ބަލާއް ގިނަމީހުން ގެއައު އަދި ފުރުވާއް އެއާޕޯޓަށަސް ބައިވަރަ މީހުން ގެއައު ތެބެނީ ތޭ ހުސް ހާލި.