English Edition
Dhivehi Edition

މިއަދު އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އާއި 26 މީހަކު ކޮންޓެކްޓުވެފައިވާ ކަމަށް އައްޑޫ ހޮސްޕިޓަލުން ބުނެފިއެވެ.

ހިތުގެ މައްސަލައެއްގައި ރޭ ފަރުވާ އަށް އައްޑޫން މާލެ ގެންދިޔަ މި މީހާ ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޗްއީއެޗްގެ މެނޭޖަރު ޝަރަފުއް ސާދާތު ވިދާޅުވީ 43 އަހަރުގެ އެ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ތެރޭގައި ހަތް ޑޮކްޓަރަކާއި ހަތް ނަރުހުންނާއި އެ މީހާގެ އާއިލާގެ ހަތް މީހަކު ހިމެނޭ ކަމަށެވެ.

ސާދާތު ވިދާޅުވީ ދެން އެންމެ ބޮޑަށް ފޯކަސްކުރާނީ ކޮންޓެކްޓް ޓްރޭސިން އަށް ކަމަށާއި އެކަމަށް އައްޑޫގައި ތަޖުރިބާކާރު ޓީމެއް އެބަ އޮތްކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ވީހާ ވެސް އަވަހަކަށް ނިންމައި ސަވައިލަންސް ސާވޭއަކަށް ފޯކަސް ކުރާނެ ކަމަށް ސާދާތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ދެނެގަންނަން މިހާރު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އައްޑޫގައި ކޮމިއުނިޓީ ސްޕެރެޑެއް އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އައްޑޫން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނުމާ އެކު މިއަދު ވަނީ 14 ދުވަހުގެ ލޮކްޑައުނެއް ވެސް އިއުލާންކޮށްފަ އެވެ.