އައްޑޫ ސިޓީން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވެއްޖެކަމަށް ހިތަދޫ އިކުއަޓޯރިއަލް ގެ މެނޭޖަރ ޝަރަފުއް ސާދާތު ވިދާޅުވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބައްޔަށް ޕޮޒިޓިވްވި މީހަކީ މާޗް 10 ވަނަ ދުވަހު އައްޑޫއަށް ރިސޯޓަކުން އައި މަރަދޫފޭދޫ މީހެކެވެ.
އަދި އެއީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އިތުރު ފަރުވާއަށް އާސަންދައިން މާލެ އައިޖީއެމް އެޗް އަށް ގެންދިޔަ މީހެއް ކަމަށާއި އެމީހާ ޕޮޒިޓިވް ވި ކަން އެނގުނީ މާލެ ގެންދިޔަ ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.
އައްޑޫ ސިޓީން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރު އައްޑޫސިޓީ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.