English Edition
Dhivehi Edition
އެލް އާއި ޑަކޯޓާ ފޭނިންގ - ފޮޓޯ: ނިއު ޔޯކް ޕޯސްޓް

އެއްބަނޑު އެއްބަފާ ދެބޫނުން އަދި މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އެލް ފޭނިންގ އާއި ޑަކޯޓާ ފޭނިންގގެ ފިލްމް، ‘ދަ ނައިޓިންގޭލް’ ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.

މެލަނީ ލޯރެންޓް ޑައިރެކްޓްކޮށްފައިވާ މި ފިލްމް ކުރިން ރިލީޒްކުރާނެ ކަމަށް ލަފާކުރީ މި އަހަރުގެ ތެރޭގައި ނަމަވެސް، ކޮރޯނާވައިރަސް ޕެންޑަމިކްގެ ސަބަބުން ފިލްމް ނެރުން ވަނީ ފަސްކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފިލްމް ދެން ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

މި ފިލްމަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުންގެ ބާރުގެ ދަށުގައި އޮތް ފްރާންސްގައި އުޅުނު ދެބޫނުންގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. އެގޮތުން މި ފިލްމަކީ ޖަރުމަނުންގެ ކިބައިގެން ޔަހޫދީ ކުޑަކުދިން ފޮރުވައިގެން އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދީ، ‘އެލައިޑް’ ސިފައިން ފިލުމުގައި އެހީތެރިވި ފްރެންޗް ރެސިސްޓެންސްގެ ހިތްވަރުގަދަ އަންހެނުންގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.