English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން އަބަދުވެސް ދަމަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން މި ސަރުކާރުން ކަށަވަރުކޮށްދެނީ ސައްހަަ މައުލޫމާތު ނުލިބޭ ނަމަ އެކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެތީ ކަމަށެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ނޫސްވެރިންނަށް ހިތްވަރު ދެއްވައި، ރައީސް ވިދާޅުވީ ކޮވިޑް-19ގެ މިނުރައްކާތެރި ދަނޑިވަޅުގައި މީޑިއާއެއްގެ ދައުރު މުހިންމުވާ މިންވަރު ކަމަށް ހާމަވެގެންދާ ކަމަށެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ރައީސް ޞާލިޙު ފޮނުއްވާފައިވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ޕްރެެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަށް މިއަހަރު ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. 2018 ވަނަ އަހަރު ނެރުނު ލިސްޓުގައި ރާއްޖެ 120 ވަނައިގައި އޮތް އިރު، 2019 އަނަ އަހަރު ޢާންމު ކުރި ލިސްޓުގައި ރާއްޖެއޮތީ 98 ވަނައިގައެވެ. މިއަހަރު ނެރުނު ލިސްޓުގައި ރާއްޖެ އޮތީ 79 ވަނައިގައެވެ.

މިިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޝިޢާރުގެގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ “ޖެހިލުންވުމެއް، ވަކިއަތަކަށް ޖެހުމެއްނެތި ނޫސްވެރިކަން” އެވެ.