English Edition
Dhivehi Edition
ދިވެހި ކުޑަ އަންހެން ކުއްޖެއް/ފޮޓޯ އިއްޒަ

 

ކުދިންނޭ! މެއި މަސް ތިކުދިންނާއި ބައްދަލު ކުރީ އެހާ އުފާވެރިގޮތަކަށް ނޫން ކަން ދައްތަމެންނަށް އެނގެއެވެ. ކޮވިޑް 19 ފެތުރެމުން
މީހަކަށްފަހު މީހެއް ބަލިވަމުން ދަނީއެވެ. މިކަމުން ރައްކާތެރިވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ތިކުދިން ތިތިބީ ގޭގައެވެ.. ތިކުދިންގެ ހިތުތެރޭ
އެތައް ޝުޢޫރު ތަކެއް އުތުރި އަރާނެކަން ޤަބޫލު ކުރަމެވެ. ޚާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހެއް ގައި މިސްކިތަށްވެސް ނުދެވި ތިބެންޖެހުމުންނާއި އަދި މޭއި 10 އެއީ ތިޔަކުދިން
ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރާ އުފާވެރި ކުޑަ ކުދިންގެ ދުވަސް ކަމަށް ވެފައި އެކަންވެސް ވާން ނެތީމައެވެ. .ލޮބުވެތި މުދައްރިސުންގެ ހަނދާންތައް އާވާނެއެވެ. ސްކޫލް މިސްވާނެއެވެ. ރައްޓެހިންނާ ބައްދަލު ނުވެވޭތީ ދެރަވާނެއެވެ. ޕާކަށްވެސް ނުގޮސް ބަސްއަހައިގެން ތިކުދިން ތިތިބީ މިކަމުން  ސަލާމަތްވެ ސްކޫލް ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައިއެވެ.

އޭއޯ ނިއުސް އިން މި ހުޅުވާލަނީ ކުޑަކުޑަ ފުރުސަތެކެވެ.  ތިކުދިންގެ ހިތުގައިވާ ޝުޢޫރުތައް 30 ސިކުންތަށްވުރެ ދިގުނުވާގޮތަށް ވީޑިއޯކޮށްފަ އޭއޯނިއުސް އެފްބީއަށް މެސެޖްކޮށްލާށެވެ.

އިރާދަކުރެއްވިއްޔާ އޭއޯޗެނަލުން ދުރަށް ދައްކަމުންދާނަން.
އަދި މީގެތެރެއިންއެންމެ މޮޅު 3 ހުށަހެޅުމެއް ހޮވާ، މެއި 10 އެއްވާ ކުޑަކުދިންގެ ދުވަހު  އިނާމް ފޯރުކޮށްދޭނަމެވެ.
މިފުރުސަތުގައި ބެލެނިވެރިންނަށްވެސްއޭއޯއިން ދޭންބޭނުންވާ މެސެޖެއް އެބައޮތެވެ. ކުދިން ގޭގައި ކަމެއްނެތި ތިބޭ އިރު މިފަދަ ގޮތަކަށް ހުޅުވާލެވޭ
ފުރުސަތުތަކުގައި އެކުދިން ބައިވެރި ކޮށްދެއްވާށެވެ. ހާސްކަމުގެ މިދަނޑިވަޅުގައިވެސް ވަކި ފަރާތަކަށް އެކުދިން ބުނެލަން ބޭނުންވާ
ވާހަކަ ނުވަތަ މެސެޖް އެއީ މުހިއްމު ބޭނުންތެރި އެއްޗަކަށް ވާނެކަން ޔަގީނެވެ.
އޭއޯ ނިއުސްއިން ހިންގާ މިފަދަ ހުރިހާ ކަމެއްގައިވެސް ނޫހުގެ ކިއުންތެރިންނާއި ބެލުންތެރިން އަދި ކުދިންގެ ބެލެނިވެރިން ވެދެއްވާ އެއްބާރުލުން އަބަދުވެސް ފާހަގަ ކުރަމެވެ.