English Edition
Dhivehi Edition

(މީ އައްޑު ބަހުރުވައިން ކުދުކުދިންނައު ޚާއްސަކޮއްގެން ގެން ހިމަނާ ކުރުވާހަކާއް)

އެއް ދުވަސްވަރަކި އަޅާލާނެ މީހަކާސް ނެއް ފަކީރި ކުދު ކޫދައް މަގަމައްތެ ހިޔައުކެޑަކި އިރިފެއި ހިއް. މިކޮއްޔާ، ބޮލެއެޑާ ތޮފިގަނޑަ ދިއްކޮއްގެން އެތެއި އިންކޯ ކަވެރިޔެ ހިށި ބިލްބޯޑަކި ތެބޮއް

” މަލޯއަނދިރި. އެހީއައްވެފެލެ” މެހެން ލޭފެއި. އެތޮފިގަނޑި އޮއް މަދަ ލާރިކެޑައް މީހުން އެޑަފެއި.

އެހެންލާފެއި ވަރައު އަވިދިނެތިގޭ ފިރިހެނަކާއް މިކޮއްޔާ ފެޱިގެން  އެތާން މަޑަކޮއްލާއި ކުދު ވިސްނުމަކި އެދެ ހިއް.އެހެން ހިށެފެއި ޖީބާން ވަކި ލާރި ކެޑައް ނަގަފެއި ތޮފިގަނޑައު އެޑަލާއި އެތެއި އިން ބޯޑާ ނާގެން އިޔާއި މައްތެ މިދެ ލެއު އެއްތައް ލޭލި. ލޭލާއި ކުރިނަސް ބޯޑާ އިންތެއި އިޔާ ބާއިނދުވެއި މިމީހާ އެބެގެ.

އެމައްތައް ވޭލެކެޑައް ނިވެއި އެކި ފަރާއްފަރާތުން މީހުންއާސް ލާރިއެއި ފާއިސާއި އެޑައި ތޮފިގަނޑަ ފުރުވަލިޔެ.

އެދުވެހި މެންދިރެއި އިރިމެދެ ޖެހެޱެކޯ އެއްކަލަ މީހާ ބާއި ވީއެއްތައް ބަލަލާއް. އިޔެ ފިޔަވަޅަ އެޑާ ގޮތުން މިކޮއްޔާ ދެނަގައް މީ އެމީހާކަން. އެނގިގެން އަހަފި  ތޭތައު އަދަ މިބޯޑާއި އަކުރާ ބަދަލުކެޑެ މީހާ ؟ ކިޔަންކާއު ތައު އިޔާއި ޖެހީ؟

މިދެ ކޭފި ތިމާސް ލެތީ ހަގީގީ ތެދާއު. ހަމަ ތެކޮއްޔާސް ބެޱިއެއްތާއު. އެހެންފެހެނާސް ތަފާތު ގޮތަކަށާއު ތިމާ އިޔާ ބެޱީ.

އެމީހާ އެބޯޑާއި ޖަހަފެއި އޮތީ ” މީ ވަރައް ނަލަ ދުވަހައް. އެކަމަކި އެނަލަކަން މަކައް ނިފެނެއި” މެހެން.

ފެރެތުމާއް ބޯޑާއި ލޭފެއި އޮއް ޖުމްލާއި ފަހުން ލެއް ޖުމްލާއި ދޭތިން ތެކުދިންނައު އެއްވިއަސް ތަފާތައް ތެބެ ފެނެޱެއި؟ .

އަސްލު އެދޭތިނަސް އެކޮއްޔާކީ ލޯއަނދިރި ކޫދަކާކަން އެނގެއިދީ. އެކަމަކި ފެރަތުމަ އެއްތާއި ސީދާއް ލޯއަނދިރިއައު ޖަހަފެއި ތެބޮއް. ދެވަނަ އެއްތާން މީހުން އެކެހެ ބެޱަނީ ތެވެންނަކީ ވަރައް ނަސީބު ގަދަ މީހުންނާއު. ތެވެންނައް މަންޒަރަ ހަމަ ލޮލުން ތެބެ ފެނެއިޔައު.

ހައިރާންވޭ ވަރަ ކަމައްދީ ދެވަނާއު އެޖެހިގޮތުން އެކޮއްޔާއު އެލިބެނެ ކުރިއެރުން.

ކުދިންނޭ! ކޮންމި ކަމައް ކެޑާހަސް ވިސްނާހެތި އެހެން މީހުންގެ ހިތުން ޖާގަ ލިބިގެން އެކަމައް ކާމިޔާބު ވޭތޯ. މީހުންނާއި މުޢާމަލާތު ވޭ ގޮތަކުން ކެރާއު ހިނގާ ކަމާ ކާމިޔާބަސް ވެފޭހެއް، ނާކާމިޔާބަސް ވެފޭހެއް. އަދި ހަމަ އެއާއި އެއްކޮއް ފުރިހަމަ ސިއްޙަތާއި ހުށިހެއި ނިޢުމަތައު އަފިންނައް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވަފެއި ވޭކޯ އެފަދަ ނަސީބު ނިލިބި ތިބި ނިކަމެތި ކުދިންނައް ވަރައް ބޮނޑައު އެހީވެ އޯގާތެރިވޭހެތި.

އަފިންނައް ދެއްވަފެއިވޭ ނިޢުމައް ތަކާއި ބެހޭގޮތުން ކީރިތި ޤުރްއާނެ ﷲ ވަޙީ ކުރައްވަފެއި ވޭ މިގިނާސްދޭ އާޔައް މާނާއި އެއްކޮއް ތެކުދިން ފަރިތަ ކެރާހެއްކަމައް ހީކެރަން.

وَهُوَ الَّذِىۡۤ اَنۡشَاَ لَـكُمُ السَّمۡعَ وَالۡاَبۡصَارَ وَالۡاَفۡـئِدَةَ​  ؕ قَلِيۡلًا مَّا تَشۡكُرُوۡنَ (23:78)

“މިއާޔަތާގެ މާނާކީ  އެކަލާނގެއީ، ތެވެރިންނައްޓަކައި އިވުމާއި، ފެނުމާއި، ހިއްތައު އުފެއްދެވި ރަސްކަލާނގެ. ތެވެރިން ޝުކުރު ކެރަނީ، ވަރަށް މަދުން.”