English Edition
Dhivehi Edition

ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ގެޒެޓްކުރި ގަރާރުގައި ބުނެފައިވަނީ އަންނަ މަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އަދިއެގޮތަށް ނިންމާފައިވަނީ އެންމެ ފުރަތަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި އިރު އޮތް ގޮތަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

އަދި އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދީފައި ވާތީ، މަރޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދެމިއޮންނާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ސޮއިކުރައްވާ ނެރުއްވި ބަޔާނުގައި ވެއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިމަހުގެ 10 ވަނަ ދުވަހު ވަނީ އެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވަނީ، ކޮވިޑް-19 ގެ ކޭސްތަކެއް ރާއްޖެއިން ފެނުމާއި ގުޅިގެންނެވެ. ރާއްޖެއިން މިހާތަނަށް 301 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 17 މީހަކު ބަލިން ފަސޭހަވެފައިވާއިރު އެކަކު ވަނީ މި ބަލީގަިއ ނިޔާވެފައެވެ.