English Edition
Dhivehi Edition
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު/ފޮތޯ ރައީސްއޮފީސް

ހަލުވި ކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދު ފުރަ ބަންދުކޮށްފައި އޮތް އޮތުން އިތުރު 14 ދުވަހަށް ދަންމަން ނިންމަވައިފި އެވެ.

 

މިކަން އިޢުލާން ކުރެއްވީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާއިގުޅިގެން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން

އެކަމަނާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ފުރަތަމަ ފަހަރަށް 24 ގަޑިއިރަށް ބަންދުކުރުމަށްފަހު އޭގެ ފަހުން މި މަހުގެ 17 ން ފެށިގެން 14 ދުވަހަށް ފުރަބަންދުކޮށްފައިވެއެވެ. 14 ދުވަސް ހަމަވާނީ މާދަމާ މެންދުރަށެވެ.

މިއަދު އަނެއްކާވެސް ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް މާލެ ސަރަޙައްދު މިހާރެކޭވެސް އެއްފަދައިން އަންނަ މެއި މަހުގެ 14 އާއި ހަމައަށް ފުރަބަންދު ވެގެންދާނެއެވެ.

ލޮކްޑައުންގެ ޙާލަތަށް ރާއްޖެ ގެނެވުނީ ރާއްޖޭއިން ކޮވިޑް 19 އަށް މީހަކު ފުރަތަމަ ފަހަރަށް ޕޮޒިޓިވް ވި ހިސާބުންނެވެ. ކޮވިޑް 19 ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާތީ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މާލެ ސަރަޙައްދުގެ އިތުރުންވެސް ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް މީހުން އެރުންވެސް މިވަގުތަށް ވަނީ މަނާ ކޮށްފައެވެ.

މުޅި ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 250 އެވެ.އެއީ 99 ދިވެހިންނާއި 151 ބިދޭސީންނެވެ.