English Edition
Dhivehi Edition

ފްރެންޗް ލީގުގައި ޕީއެސްޖީ އާއި ޓޫލަސް ކުޅުނު މެޗު 6-2 ލަނޑުން ޕީއެސްޖީ މޮޅުވެއްޖެއެވެ. ޓޫލަސް ފުޓްބޯލް ކުލަބް އާއި ދެ ކޮޅަށް ކުޅުނު މިމެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ މި ސިޒަންގައި ދުނިޔޭގެ ރިކޯޑް އަގެއްގައި ޕީއެސްޖީއާއި ގުޅުނު ބްރެޒިލްގެ ނޭމާ މޮޅު ކުޅުމާއިއެކުގައެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 31 ވަނަ މިނެޓްގައި ރަބިއޮޓްގެ ލަނޑުން ޓޫލައުސް ވަނީ މެޗުގެ ލީޑު ނަގާފައެވެ. ޕީއެސްޖީގެ ދަނޑުގައި ޓޫލަސްއިން ލީޑު ނެގިނަމަވެސް ރޭގެ މެޗުގައި ތަފާތު މޮޅުކުޅުމެއް ދެއްކި 22 އަހަރުގެ ބްރެޒިލްގެ ނޭމާ ވަނީ ޕީއެސްޖީއަށް މެޗުގެ ނަތީޖާހަމަހަމަ ކޮށްދީފައެވެ.އަދި މެޗު ފަށައިގެން ވެސް މޮޅު ކުޅުމެއް ދައްކަމުން ދިޔަ ޕީއެސްޖީއިން މެޗުގެ ލީޑު ނަގާފައި ވަނީ ނޭމާއަށް ކުރި ފައުލްއަކާއި ގުޅިންގެން ލިބުނު ޕެނަލްޓީއެއްގައި އެޑްރިއެން ކަވާނީއެވެ.އަދި ޕީއެސްޖީންވަނީ ދެވަނަ ހާފް ފެށުމުގެ ކުރިން މެޗުގެ ނަތީޖާގެ ފަރަގު ދެ ލަނޑައަށް ބޮޑުކޮށްފައެވެ.

އެހެން ނަމަވެސް ޓޫލަސްއިން ވަނީ ދެވަނަ ހާފްގައި ޕީއެސްޖީގެ ޑިފެންސް ލައިންއަށް ހެދުނު ގޯސްތަކުކގެ ފައިދާނަގައި ކިރިސްތޮ÷ޕާ ޖޫލިއަންގެ ލަނޑުން މެޗުގެ ފަރަގު ކުޑަކޮށްފައެވެ.މެޗުގެ ފަރަގު 3-2 ލަނޑައަށް ޓޫލަސްއިން ކުޅުނު ނަމަވެސް ނޭމާގެ ވަނީ މެޗުގެ ފަހުބައިގައި ފެނިގެން ދިޔަ 3 ގޯލްއާއި އެކު މެޗުގެ ނަތީޖާ 6-2 ލަނޑައަށް ބަދަލުވެފައެވެ.

ރޭގެ މޮޅާއި އެކު ޕީއެސްޖީ 6 ޕޮއިންޓާއި އެކު ލީގު ތާވަލްގެ އެއްވަނަ ޖެހިލާފައިވާއރު އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯ ތިން މެޗުން މޮޅުވިކަމުގއި ވިނަމަވެސް ލަނޑުގެ ތަފާތުން ލިބެނީ ދެވަނައެވެ.