Emmaabandu mi dhebein maruve dhiyaee ves ekuekee - AO News Emmaabandu mi dhebein maruve dhiyaee ves ekuekee

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
އެމާއާއި ކެޓި. މިދެމީހުންވަނީ އެކުއެކީ މަރުވެފައި
އެއްމާބަނޑު މި ދެބެއިން މަރުވެ ދިޔައީ ވެސް އެކުއެކީގައި
1 މަސް ކުރިން

އިނގިރޭސި ވިލާތުގެ އެއްމާބަނޑު 2 ބެއިން ކަމަށްވާ އެމާއާއި ކެޓީ އެކުއެކީ މަރުވެއްޖެއެވެ. 37 އަހަރުގެ މި ދެބެއިންވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެ ފަރުވާ ދީފައެވެ. އެމާއާއި ކެޓީވެސް މަސައްކަތް ކުރަމުން ދިޔައީ ނަރުހުންގެ ގޮތުގައެވެ. ކުޑަކުދިންގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ކެޓީ ޑޭވިސް މަރުވީ އަންގާރަ ދުވަހު ސަދަމްޓަން ޖެނެރަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

Advt

Advertisement

ސާޖަރީ ނަރުހެއްގެ ގޮތުގައި އުޅުނު އޭނާގެ ދައްތަ އެމާ މަރުވީ އޭގެ 3 ދުވަސް ފަހުން ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ސަދަމްޓަން ހޮސްޕިޓަލުގެ އޮފިޝަލަކު  ބުނެފައިވަނީ ކުޑަކުދިންނަށް ސަލާމަތާއި ރައްކާތެރި ކަން ހޯދައި ދިނުމުގައި ކެޓީ ވަނީ އޭނާގެ ދިރިއުޅުން ޤުރުބާން ކޮށްފައިކަމަށެވެ. ރިސްކްބޮޑު އެވަޒީފާގައި އޭނާ އަކީ ނަމޫނާ ނަރުހެކެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރިން ވެސް އޭނާ ދުވަސްތަކަކަށް ބަލިކޮށް އުޅުނު ކަމަށާއި ކޮވިޑް 19 އަށް ޕޮޒިޓިވް ވީ އޭގެ ފަހުންކަމަށް އޮފިޝަލް ބުނެފައިވެއެވެ.

ނަރުހެއްގެ ގޮތުގައި 2004 ން 2013 އަށް މަސައްކަތް ކުރި އެމާވެސް ކެޓީ އެކޭ އެއްފަދައިން ބަލިވެ އުޅުމަށްފަހު ކޮވިޑް 19 އަށް ޕޮޒިޓިވް ވީ އެވެ. އިއްޔެގެ ވަގުތެއްގައި އޭނާވެސް މަރުވެފައިވާ އިރު މިކަން ވެފައިވަނީ މިދެމީހުންގެ ޢާއިލާއާއި ރައްޓެހިންނަށް ބަރުދާސްތު ކުރަން ދަތި ހިތާމައެއް ވެރި ކުރުވި ކަމަކަށެވެ.

އެމާއަކީ ވަޒީފާގެ މައިދާނުގައި މަޑުމައިތިރި އުފާވެރި ، ލީޑަރޝިޕް ކޮލިޓީއެއް ދެއްކި މީހެއްކަމަށް އޭމާއާއިއެކު މަސައްކަތް ކުރި އެހެން ނަރުހުން ބުނެއެވެ. ކެޓީއަކީ ވެސް ހިތްހެޔޮކަމާއި ކެތްތެރި ކަމުގައި ނަމޫނާ ނަރުހެކެވެ.

ޔޫކޭގައި ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް މަރުވިމީހުންގެ ޢަދަދު ވިހި ހާހަށް ވަނީ އަރާފައެވެ.