English Edition
Dhivehi Edition

މިއަދު ހެނދުނު 8.30 ން މެންދުރު 12.30 އަށް ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައިވާ އަތޮޅު ތަކުގެ ތެރޭގައި ޅ،ކ،އ،ވ،މ،ފ އަދި ދ އަތޮޅު ހިމެނެއެވެ.

މެޓް އޮފީހުން މިއަދު ހަވީރު 6 ޖެހުމާހަމަޔަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

Advt

Advertisement

މިއަދު ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 6 މޭލާއި 16 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭ އިރު ވިލާ ގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓްއޮފީހުން ވިދާޅުވެއެވެ.

ވޭތުވެ ދިޔަ ދެ ދުވަހަކީ ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަވެ ބޯކޮށް ވާރޭ ވެހުނު ދުވަސްތަކެކެވެ. އައްޑުއަށް ބޯކޮށްވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ގޭގޭގެ އެތެރެއަށް ވެސް ފެންވަނުމާގުޅިގެން އެމްއެންޑީއެފް ގެ އެހީގައި ވަނީ ބައެއް ގޭގޭގައި ފެންނުވަންނާނެ ހެން ވެލި ބަސްތާ ޖަހާފައެވެ.