English Edition
Dhivehi Edition
ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވާހަކަދައްކަވަނީ: ފޮޓޯ ރައީސް އޮފީސް

ކޮވިޑް 19 އަށް ރާއްޖެއިން އިތުރު 14 ބިދޭސިއަކު ފައްސިވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދާ ނޫސްވެރިންވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ މާލޭގައި ބިދޭސިން ދިރިއުޅޭ ތަނެއް ސްކްރީން ކުރި އިރު 14 މީހަކު ކޮވިޑަށް ފައްސި ވެފައިވާ ކަމަށެވެ.

“ޕޮޒިޓިވްވި 14 މީހުންނަކީ ބިދޭސީން. އެ އެންމެންނަކީވެސް އެއް ތަނެއްގައި ދިރިއުޅެމުންދާ މީހުން. އެ ކޭސްތަކަކީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުގެ ސްކްރީން ކުރިޔަށް ދަނިކޮށް އައިޑެންޓިފައިކުރެވެނު ކޭސްތައް” ނޫސްވެރިންގެ ބައްދަލުވުމުގައި (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ ނަޒްލާ ވިދާޅުވިއެވެ.

އަލަށް ފެނުނު މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 108 އަށް ވަނީ އަރާފައެވެ.

ނަޒްލާ ވިދާޅުވީ ބުރާސްފަތި ދުވަހު ހެނދުނު ޕޮޒިޓިވްވި 9 ކޭސް އަކީ އެކި ކޭސްތަކާއި ގުޅުން ހުރި ކޭސްތައް ކަމަށާއި އޭގެ ތެރޭގައި ކޭސް 52 އާއި ގުޅުންހުރި ދެ މީހަކާއި، އަދި ކޭސް 36 އާއި ގުޅުން ހުރި ދެ ފަރާތެއް ހިމެނޭ ކަމަށެވެ.