English Edition
Dhivehi Edition
އޭއީއެޗްގައި މަސައްކަތް ކުރަމުން އަންނަ ނަރުހުން: ފޮޓޯ އޭއީއެޗް

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ވަގުތީ ނަރުހުންތަކެއް ހޯދަން އިއުލާންކޮށްފި އެވެ.

އޭއީ އެޗްއަށް 10 ނަރުހުން ހޯދުމަށް އިއުލާން ކޮށްފައިވަނީ މި ވަގުތަށް ވެސް ނަރުހުންގެ ދަތިކަން ހުރުމާ އެކު، ކުރިން ވެސް ނަރުހުންތަކެއް ހޯދަން ކުރަމުން ދިޔަ މަސައްކަތުގެ ދަށުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހޮސްޕިޓަލަށް ނަރުހުން ހޯދުމަށް ބޭނުންވެގެން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ ނަރުހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން 3 މަސް ދުވަހުގެ މުއްދަތަށް ވަގުތީ ކްލިނިކަލް ނާސް/ސީނިއާ ރެޖިސްޓާޑް ނާސް އަދި ރެޖިސްޓާޑް ނާސްގެ މަގާމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މަގާމުތަކުގެ މުސާރަ އުޅެނީ 9،060ރ. އާއި 10،940ރ. އާ ދެމެދުގަ އެވެ. މީގެ އިތުރުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި 188ރ. ލިބޭނެ އެވެ.